ހަބަރު

ހުޅުމާލެ ޓޫރިޒަމް އައިލެންޑަށް އިންވެސްޓްމަންޓް ލިބިއްޖެ

ހުޅުމާލެ ފޭސް ދޭއް: މި ރަށުގައި ހަދާ ޓޫރިޒަމް އައިލެންޑަކީ އިންޓަގްރޭޓެޑް މަޝްރޫއެއް -- ފޮޓޯ: އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ) | އަވަސް
100%
0%
0%

ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގައި ހިންގަން ނިންމާފައިވާ ޓޫރިޒަމް އައިލެންޑް މަޝްރޫއަށް އިންވެސްޓްމެންޓް ލިބިފައިވާ ކަމަށް ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

ހުޅުމާލެ ބަލަހައްޓާ، މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދު ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވިދާޅުވީ ޓޫރިޒަމް އައިލެންޑް ޑިވެލޮޕް ކުރުމަށް ކޮންސެޕްޓެއް ހަދާފައިވާ ކަމަށާއި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ބައްދަލުކޮށް އެކަމަށް އިންވެސްޓްމަންޓް ވެސް ލިބިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ޓޫރިޒަމް އައިލެންޑް މަޝްރޫއަކީ 3،000 ކޮޓަރީގެ ޑިވެލޮޕްމެންޓެކެވެ. ވިސްނުން އޮތީ ތިން ބަޔަކަށް ބަހާލައިގެން އެ މަސައްކަތް ކުރާށެވެ. އެ މަޝްރޫގައި ފަސް ތަރީގެ ފެންވަރުގެ ހަތަރު ފަސް ހޮޓަލާއި ގެސްޓް ހައުސްގެ އިތުރުން ކޮމާޝަލް ލަގްޒަރީ ވިލާ ވެސް ހުންނާނެ އެވެ.

"މި މަޝްރޫއުން އިންޓަގްރޭޓެޑް ރިސޯޓެއްގައި ހިމެނޭ ހުރިހާ ކަމެއް ފެނިގެންދާނެ،" ސުހައިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހުޅުމާލެ ކޮޅުގައި ހަދާ ޓޫރިޒަމް އައިލެންޑް އޮންނާނީ ހުޅުމާލެއާ ވަކިން ވަކި ރަށެއްގެ ގޮތުގަ އެވެ. އަދި މި މަޝްރޫއަށް ރަށް ބައި ކޮށްލަން ހަދާ ޗެނަލް ހެދުމުގެ މަސައްކަތް ކުރާނީ ސައޫދީ ފަންޑުންގެ އެހީގަ އެވެ.

"މި ރަށް ވަކި ކޮށްލަން ވަކިން ބިޑެއް އިއުލާ ނުކޮށްފައި ވާނެ. މިއީ ވެސް ފަންޑު ހަމަޖެއްސިފައި އޮންނަ ޕްރޮޖެކްޓެއް. ވަކި ވެގެންދާއިރު ޝޯވް ޕްރޮޓެކްޝަން ޖެހި އަހަރެއް، ދޮޅު އަހަރެއް ތެެރޭ ނިމިގެން ދާނެ،" ސުހައިލް ވިދާޅުވި އެވެ.

"ރަށް މެނޭޖު ކުރާނީ އެޗްޑީސީން. އެކަމަކު ސެޕަރޭޓް ޑިވްލޮޕާސް ހިންގާނީ. އެ ބޭފުޅުންނަށް ބޭނުންވާ ކޮމަން ކަންތައް ކުރާނީ އެޗްޑީސީ އިން. ކަރަންޓާއި ފެނާއި ސްޓެލްކޯ އާއި އެމްޑަބްލިއުއެސްސީ އިން ގާއިމް ކުރާނީ،" ސުހައިލް ވިދާޅުވި އެވެ.

ހުޅުމާލޭ ހިއްކި ސަރަަހައްދުގެ އެންމެ އުތުރުގައި ގާއިމް ކުރަމުންދާ ޓޫރިޒަމް އައިލެންޑަކީ އެކި އޮޕަރޭޓަރުންނާއި އެކި ހޮޓެލް މެނޭޖަރުންނަށް ހަވާލުކޮށްގެން ކުރި އަށް ގެން ދާނެ މަސައްކަތެކެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޓޫރިޒަމް އައިލެންޑް ހަދަން ޕްލޭންކޮށް މަޝްރޫއުގެ ބައެއް ބައިތައް ނިމިދިޔަ ސަރުކާރުގައި ބިޑަށް ވެސް ލިއެވެ. މިގޮތުން އެއް މަޝްރޫއަކީ ޔޮޓްމެރީނާ އާއި ކްރޫޒްލައިން ޓާމިނަލް ހެދުމުގެ މަޝްރޫއެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ގގ

ތިހަދަނީ ހަމަ ރިސޯޓެއް. ހިއްކާފަ އޮތްތަނެއް އަނެއްކާ އެތަށް ހަރަދެއް ކޮއްގެން ވަކިކޮއްލަނީ ވަކި ރަށެއް ހަދައިގެން ރާވިއްކޭނެ ގޮތް ހޯދަން.

ލލ

ބަލަ ހުޅުމާލެ ހެދީ ޓުވަރިޒަމް ފަތުރުވެރިކަން ހިންގާކަށެއްނޫން ރައްޔިތުންގެ ބޯހިޔާ ވަހިކަމާއި ގެދޮރު ވެރިކަން ހޯދަދޭން އެކަން ނުކޮށް މާލެ މީހުން ގެދޮރު ކުލިޔަށް ދެވޭނެގިތަކަށް ރާވަން، ހުޅުމާލެ އިން ބޯހިޔާ ވަހިކަމާއި ގެދޮރުވެރިކަން ނުދޭން ވެގެން ރާވާރޭވުން !

އަމޭ

ދެންއެންމެސަޅިވާނީ ތިބީޗުތަކަކީ ބިކިނީ ބީޗުތަކަކަށްހަދާލީމަ. ހެދިބޮޑުވާ ޅަޖީލުތަކުގެލޮލުގައި އަޅައިގަނެ ވަރަށްފަސޭހަކޮށް ކޮޕީޕޭސްޓު ހަދާލެވޭނެ. ތަރައްޤީތައް ފެންނާނީ އޭރުން!

ލޫލުއާނު

ވާހަކަ މޮޅެއްނު.. ސައުދީ ފަންޑު ހަމަޖެހި، ބިޑުކޮށް ، އިވެލުއޭޓުކޮށް ކޮންޓްރެކްޓާ އައިޑެންޓިފައިވެފައޮތީ ވެރިކަން ބަދަލުވީއިރު. މީނާގެ ވާހަކައިން ހީވީ އެވެސް މިމީހުން ކުރިކަމެއްކަމަށް.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345