ވިޔަފާރި

މީރު ރަަހަތަކާއެކު ރޯދަ މެނޫތައް ފައްކާވެއްޖެ، އަގު ކިހިނެއް؟

May 15, 2018

ރޯދަ މަސް އަންނަން އެއް ދުވަހަށްވީ އެވެ. ރޯދަ މަސް ބޯމަތި ވެއްޖެ އެވެ. ރޯދަ މަހު ރޯދަ ވީއްލަން ތަންތަނަށްދާ މީހުން މިހާރު ބަލަން ބޭނުންވާނެ އެއް ކަމަކީ ރޯދަ މެނޫ ތަކެވެ. އެކަމަށްޓަކައި ރެސްޓޯރެންޓް ތަކުން ވަނީ ފުރިހަމައަށް ތައްޔާރުވެފަ އެވެ. ރޯދަ މަހުގެ މެނޫތައް މި ވަނީ ތައްޔާރުކޮށްފަ އެވެ. ސުވާލަކީ މި އަހަރު ރޯދަ މެނޫތަކުގެ އަގުތައް ކިހިނެއްވާނެ ބާ އެވެ؟

"މި އަހަރު ވެސް އަޅުގަނޑުމެން ކޮންމެ ދުވަހަކު ވެސް އާ ރަހައެއް ހުންނާނެ. ސަލްސާގެ ރޯދަ މެނޫތައް މި އަހަރުވެސް ތަފާތު ކަމެއް ފެންނާނެ،" ސަލްސާގެ ވެރިޔާ އިބްރާހިމް އާމިރު (ސަލްސާ އާމިރު) ވިދާޅުވި އެވެ.

ބޭރުން ރޯދަ ވީއްލާ މީހުންނަށް ހާއްސަކޮށް ހުރިހާ ފެންވަރެއްގެ ތަންތަނެއް ވެސް މި ވަނީ ރޯދަ މަހަށް ތައްޔާރުވެފަ އެވެ. މިގޮތުން މާލެ ކައިރި ރިސޯޓްތަކާއި ބޮޑެތި ގެސްޓްހައުސްތައް އަދި އެންމެ މަތީ ފަންތީގެ ރެސްޓޯރެންޓް ތަކުން ފެށިގެން ކުދި ހޮޓާތައް ވެސް މީގައި ދުލެއް ނުދެ އެވެ.

މި ގޮތުން ސަލްސާ އިން މި އަހަރު ނެރޭ، ރޯދަ މެނޫގެ އަގުތައް އުޅެނީ 195ރ. އާއި 215ރ.އާ ދެމެދުގަ އެވެ. ސަލްސާގެ ރެސްޓޯރެންޓްތަކުގައި ރޯދަ ވީއްލުން ރެޑީކޮށް ދޭނީ 195ރ. އަށެވެ. އަދި ބޭރުގެ އެހެންތަނެއްގައި ތައްޔާރު ކޮށްދިނުމަށް ނަގާ އަގަކީ 215ރ. އެވެ. މީގެ އިތުރުން ސަލްސާއިން ރޯދަ ވީއްލުމުގެ އަގު ބޮޑެތި އިނާމު ތަކެއް ވެސް ލިބުމުގެ ފުރުސަތު އޮންނާނެ އެވެ. އެ އިނާމުތަކުގެ ތެރޭގައި ރާއްޖޭގެ އެތެރޭގެ މަންޒިލްތަކަށް މޯލްޑިވިއަންއިން ދޭ ދަތުރާއި ރިސޯޓު ދަތުރު އަދި ގޫގުލް ޕްލަސް ފޯނު އަދި އުނދޯލި ފަދަ އިނާމުތައް ހިމެނެ އެވެ.

މި ރެސްޓޯރެންޓުގެ އިތުރުން މާލޭގެ މަޝްހޫރު ރެސްޓޯރެންޓްތަކުގެ ތެރޭގައި ހިމެނޭ އޮކްސިޖަން އާއި ލެސޫކް ފަދަ ތަންތަނުން ވަނީ ފުރިހަމަ އަށް ރޯދަ މަހަށް ތައްޔާރުވެފަ އެވެ. އަދި ޕެރަޑައިސް އައިލެންޑް ރިސޯޓު ވެސް ވަނީ ރޯދަ ވީއްލަން އަންނަ މީހުންނަށް ދިވެހި މެނޫއާއެކު މަރުހަބާ ކިޔަން ފުރިހަމަ އަށް ތައްޔާރުވެފަ އެވެ. ނަމަވެސް މި ތަންތަނުގެ އަގުތައް އަދި ހާމަކޮށްފައެއް ނުވެ އެވެ.

ޕެރަޑައިސް އައިލެންޑް ރިސޯޓުގެ ރެސްޓޯރެންޓްތައް

ޕެރަޑައިސް އައިލެން ރިސޯޓް އެންޑް ސްޕާގައި ކޮންމެ ދުވަަހަކު ވެސް ތަފާތު މެނޭއެއް ހުންނާނެ އެވެ. ދިވެހި ރަހަތަކާއި އިންޑިއަން އަދި ހުޅަނދުގެ މީރު ރަހަތައް އެކުލެވޭ "މިކްސް" މި މެނޫ ވެގެންދާނީ ހަމަ ގައިމު ވެސް ތަފާތު ތަޖުރިބާ އަކަށެވެ. މި ރިސޯޓުގެ އަގުތައް ތަންކޮޅެއް ފަހުން އަދި ހާމަ ކުރާނެ އެވެ.

މި ރޯދަ މަހު އެންމެ ރަނގަޅަށް ތައްޔާރުވެފައިވާ އެއް ރެސްޓޯރެންޓް ކަމަށްވާ އޮންސިޖަން އިން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވި ގޮތުގައި މި އަހަރުގެ ރޯދަ މެނޫ ތަފާތުވާނެ އެވެ. ހާއްސަކޮށް މި އަހަރު ރަހަތައް މީރުވާނެ ކަން އޭނާ ފާހަގަ ކުރި އެވެ.

ރޯދަ މަހަކީ އެންމެ ގިނަ މީހުން ރެސްޓޯރެންޓަށް އަރާ އެއް މަހެވެ. މި އަހަރުވެސް އެކަން އެގޮތަށް ދާނެ ކަމަށް ބެލެވެ އެވެ. އެހެންވެ އެކަމަށް ދުރާލައި ރެސްޓޯރެންޓްތަކުން ވަނީ ތައްޔާރުވެފަ އެވެ. ސުވާލަކީ މި އަހަރު ގިނަ ތަންތަނުގެ އަގުތައް ކިހިނެއްވާނެ ބާ އެވެ؟