ބޯކޮށް ވާރޭ ވެހި ބ. އޭދަފުށީ ބައެއް ސަރަހައްދުތަކުގައި ފެން ބޮޑުވެފައިވާތީ ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ.
ފުލުހުން ބުނީ އެރަށް ބޯކޮށް ވާރޭ ވެހި ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ ބައެއް ގޭގެއަށް ފެން ވެދެފައިވާތީ ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
މިއަދު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އޭދަފުށީގެ ބައެއް ސަރަހައްދު ތަކުގައި ދޮޅުފޫޓަށްވަނީ ފެންބޮޑުވެފައެވެ.