ހަބަރު

ރޯދަމަހު ކުނި އުކައިދޭ ވަގުތު އިތުރު ކޮށްފި

May 18, 2018

މާލޭގެ ގޭގެއިން ކުނި ނަގާ ގަޑިތައް ރޯދަ މަހާ ގުޅުވައި ވެމްކޯއިން ބަދަލުތައް ގެނެސް އެކަމުގައި ހޭދަ ކުރާ ވަގުތު އިތުރު ކޮށްފި އެވެ. މި ބަދަލު ވެމްކޯއިން ގެނައީ ރޯދަ މަހުގައި ގޭބިސީތަކުން ކުނި ނަގަން ރަނގަޅު ގަޑިތައް ބަލަން ސާވޭއެއް ކުރުމަށް ފަހު އެވެ.

ނޫސްބަޔާނެއް މެދުވެރިކޮށް ރޭ ވެމްކޯއިން ބުނީ މީގެ ކުރިން ކުނި މެނޭޖް ކޮށްދެމުން އައި ގަޑިތަކުގައި މާލޭގެ ގޭބިސީތަކުން ކުނި ނެގުމުގައި ދަތިތަކެއް ކުރިމަތިވަމުންދާތީ، ކުނި ނެގުމަށް ކަނޑައަޅާފައިވާ ގަޑިތައް ދެ ޝިފްޓަށް އިތުރު ކުރަން މިހާރު ނިންމާފައިވާ ކަމަށެވެ.

އެ ބަޔާނުގައި ބުނަނީ މިއަދުން ފެށިގެން ކުނި ނަގާނީ މެދުންރު 2:00 އިން ހަވީރު 5:00 އާ ހަމަށެވެ. އޭގެ ފަހުން ރޭގަނޑު 8:00 އިން ދަންވަރު 12:00 އާ ހަމަށެވެ.

ކުނި ނަގާ ގަޑިތައް

  • މެދުންރު 2:00 އިން ހަވީރު 5:00 އަށް
  • ރޭގަނޑު 8:00 އިން ދަންވަރު 12:00 އަށް

ރޯދަ މަހު ކުނި ނަގަން އެންމެ ރަނގަޅު ގަޑީތަކަކީ ކޮބައިތޯ ބަލަން ކުރި ސާވޭއާ ހަވާލާދީ ވެމްކޯއިން ބުނީ ގޭ ބިސީތަކަށް އެންމެ ފަސޭހަ ގަޑިއަކަށްވީ ރޭގަނޑު 8:00 އިން ދަންވަރު 12:00 އަށް ކަމަށެވެ.