ވިޔަފާރި

ކަރާގެ އަގު ދަށަށް، އަލުވީގެ އަގު މައްޗަށް

ރޯދަ މަސް ފެށުނުއިރު ވަރަށް އަގު ބޮޑުކޮށް ހުރި ކަރާގެ އަގު ހެޔޮވެ، އޭރު އަގު ހެޔޮކޮށް ހުރި އަލުވީގެ އަގުތައް މިއަދު މަތިވެއްޖެ އެވެ.

ބާޒާރުގައި މިއަދު އަގުތަކަށް ބަލާއިރު ރޯދަ މަސް ފެށުނުއިރު 35ރ. އަށް ވިއްކި ކަރާ ކިލޯއެއް މިހާރު ލިބެނީ 28ރ. އާއި 30ރ. އާ ދެމެދުގަ އެވެ. ދަނޑުވެރިކަމުގެ އުފެއްދުންތައް ވިއްކާ މީހުން ބުނާ ގޮތުގައި ކުރި އަށް އޮތް ދުވަސްތަކުގައި ކަރާގެ އަގު އަދިވެސް ހެޔޮވެގެން ދާނެ އެވެ. މީގެ އިތުރުން ރޯދަ މަސް ފެށުނުއިރު 230ރ. އަށް ވިއްކި އަލުވި ބަސްތާއެއް މިހާރު ލިބެނީ 450ރ. އަށެވެ.

އަލުވީގެ އަގު ބޮޑުވި ނަމަވެސް، ފިޔާ އަދި ބިހުގެ އަގަށް ބަދަލު އައިސްފައެއް ނުވެ އެވެ. ބިސް ކޭހެއް ވިއްކަނީ 320ރ. އަށެވެ. އަދި އަލުވި ބަސްތާއެއް 190ރ. އަށް ބާޒާރުގައި މިއަދު ލިބެން އެބަހުއްޓެވެ.

ފިޔާ އަލުވި އަދި ބިސް އެތެރެކުރާ މީހުން ބުނާ ގޮތުގައި މި ބާވަތްތަކުގެ އަގު ބޮޑުވެގެން އުޅެނީ މުދާ ނެރުމުގައި ދިމާވި ދަތިތަކެއްގެ ސަބަބުންނެވެ. ނަމަވެސް އެކަން ވިޔަފާރި ބަނދަރު ބަލަހައްޓާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ދޮގު ކުރެ އެވެ.