ހަބަރު

ދޫނިދޫ ފަރަށް ދޯންޏެއް އަރައިފި

May 21, 2018

މާލެ ކައިރިން ދޫނިދޫ ފަރަށް މިރޭ އުރުނު ސަޕްލައި ދޯންޏެއް ފުންކޮށްފި އެވެ. ދޯނި އުރުނު ހާދިސާގައި މީހަކަށް ގެއްލުމެއް ނުވެއެވެ.

ގައުމީ ދިފާއީބާރު، އެމްއެންޑީއެފުން މިރޭ ބުނީ ދޫނިދޫ ހުޅަނގު ފަރާތު ފަރަށް އެރި "ބަންޔަން 3"، ސަޕްލައި ދޯނި ފުން ކޮށްފައިވަނީ މިރޭ 11:30 ގައި ކަމަށާއި އެ ދޯނީގެ މައުލޫމާޔު މިރޭ 8:00 ޖެހި އިރު ކަމަށެވެ.

އިރާކޮޅު ދޯނި އުރުނު އިރު އޭގައި ހަތަރު ދިވެހިންނާއި ބިދޭސީއަކު ހުއްޓެވެ.