ބާޒާރު ފުރި ބާރުވެފައި އޮތަސް މިއަށް ވުރެ ބަރު އެއްޗެއް ނުފެންނާނެ އެވެ. އެކައްޗަކަށް ބަލާއިރު މިއީ އެންމެ އަގު ވެސް ބޮޑު އެއް މޭވާ އެވެ. ބަރުދަން ހަނޑޫ ބަސްތާއަކަށް ވުރެ ވެސް ބަރުވާނެ އެވެ. އަގު ބޮޑު ކަމަށް ބަލާނަމަ ރޯދަ މަހުގެ ކޮންމެ ދުވަހަކު މީގެ އެއްޗެއް ނުގަނެ ވޭނެ އެވެ. މިއީ ބިޔަ ބޮޑު ސައްކޭލެވެ.
ބާޒާރުގައި މަދުން ލިބެން ހުރި ސައްކެޔޮ، މިވަގުތަށް ކިލޯއެއް އުޅެނީ 70 ކިލޯއިން އިން މަތީގަ އެވެ. ރާއްޖޭގައި އާއްމު ގޮތެއްގައި ނުހައްދާ ސައްކޭލެއް ބާޒާރުގައި ވިއްކަނީ 1300ރ. އަށެވެ.
ރާއްޖެއަށް އާއްމު ގޮތެއްގައި ސައްކެޔޮ އެތެރެ ކުރަނީ އިންޑިއާއިންނެވެ. އެތިއެތި ކޮޅަށް ވާގޮތަށް ކުދިކޮށް ތަރުކާރީ ވިއްކާ ގިނަ ފިހާރަތަކުގައި ލިބެން ހުރެ އެވެ.
ސައްކެޔޭލުން ލިބޭ ސިއްހީ ފައިދާތަކަށް ބަލާއިރު މިއީ ވިޓަމިން އާއި މިނަރަލްސް އަދި ޑައިޓްރީ ފައިބާއިން މުއްސަނދިވެފައިވާ މީރު މޭވާއެކެވެ.