ބޮލީވުޑް

"ބާޖީރާއޯ މަސްތާނީ" ރިލީޒްކުރުން އަނެއްކާވެސް ލަސްކޮށްފި

May 24, 2015

ލޯބީގެ ތާރީހީ ވާހަކައެއްގެ މައްޗަށް އުފައްދާ މިފިލްމުގެ ޝޫޓިންގެ ގިނަ މަންޒަރުތަކެއް އެޕްރީލް މަހުގައި ނަގާގޮތަށް ހަމަޖެހިފައި ވުމާއި، ރަންވީރުގެ އަނިޔާއާއި ގުޅިގެން އެމަންޒަރުތައް ނެގޭގޮތް ނުވުމުން ދެން ނެގޭނީ މޫސުން ރަނގަޅުވުމުން ކަމަށް ބުނެފައިވެ އެވެ.

ރަންވީރު ސިންގް ވަނީ އިއްޔެ ވަނީ ދެމަހެއްހާ ދުވަސްފަހުން އެނބުރި މިފިލްމުގެ ޝޫޓިންއަށް ނިކުންނަނަ ފަށާފަ އެވެ. އެގޮތުން ރަންވީރު ވަނީ ގިނަ ދުވަސްތަކެއް ފަހުން އަލުން ކެމެރާގެ ކުރިމައްޗަށް އަރަން ފަސްޖެހުނު ކަމަށާއި، ހާސްވާގޮތްވުމުން އޭނާގެ ބައްޕައަށް ގުޅުމުން ހިތްވަރުދިނުމުން ހުރިހާކަމެއް ދިޔައީ ވަރަށް ރަނގަޅަށް ކަމަށެވެ.

އެންމެފުރަތަމަ މިފިލްމު ރިލީޒްކުރުމަށް ހަމަޖެހުނީ ނޮވެމްބަރު މަހުގެ ފަހުކޮޅު އެވެ. ނަމަވެސް ދިޕިކާ ޕަދުކޯން އާއި ރަންބީރު ކަޕޫރުގެ ފިލްމު "ތަމާޝާ" އާއި އެއްދުވަހެއްގައި ރިލީޒްކުރަންޖެހުމުން ޑިސެމްބަރަށް ފަސްކުރީ އެވެ.

މި ފިލްމަކީ 1674 ވަނަ އަހަރުން ފެށިގެން 1818ގެ ނިޔަލަށް ދެމިއޮތް މަރާތާ އެމްޕަޔާގެ ހަތަރު ވަނަ ބޮޑުވަޒީރު ކަމުގައިވާ ބަޖީރާއޯ އެއް ވަނައިގެ ހަޔާތެވެ. އޭނާ އަކީ ހަނގުރާމައިގެ މައިދާނަށް ނިކަން ކުޅަދާނަ ފަހުލަވާނެއްގެ ގޮތުގައި މަޝްހޫރުވެގެން ދިޔަ ވެރިއެކެވެ. ޕްރިޔަންކާ އާއި ދިޕިކާ ފެނިގެންދާނީ އޭނާގެ އަނބިއަނބިކަނބަލުންގެ ރޯލުންނެވެ.

މި ފިލްމުގައި ރަންވީރު ޕޭޝްވާ ޖެނެރަލެއްގެ ރޯލުން ފެނިގެންދާއިރު. މަސްތާނީގެ ރޯލުން ފެނިގެންދާނީ ދޕިކާ އެވެ.އަދި ޕްރިޔަންކާ ކުޅެނީ ރަންވީރުގެ ފުރަތަމަ އަނބިމީހާ ކަށީބާއީގެ ރޯލެވެ.