ވިޔަފާރި

ކޮރެއާގެ ޓޫރިޒަމް އެއްވުމެއްގައި ރާއްޖެ

May 22, 2018

ދެކުނު ކޮރެއާގައި ކުރިއަށްދާ، އެނުއަލް ގްލޯބަލްގެ ދަރިން ފެސްޓިވިލް 2018 ގައި ރާއްޖޭން ބައިވެރިވެއްޖެ އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނީ ކޮރެއާގެ ބުސާންގައި ކުރިއަށްދާ މި ފެސްޓިވަލްގައި ބައިވެރިވަނީ އެ ގައުމުގައި ހުންނަވާ ރާއްޖޭގެ ކޮންސިއުލޭޓްއާ ގުޅިގެންނެވެ.

ސަރުކާރުގެ މާކެޓިން ކުންފުނި އެމްއެމްޕީއާރުސީ އިން ބުނީ ބުސާގައި ކުރިއަށްދާ މި ފެސްޓިވަލްއަށް މިދިޔަ އަހަރު 30،000 އަށްވުރެ ގިނަ މީހުން ޒިޔާރަތް ކޮށްފައިވާ ކަމަށެވެ.

މި ފެސްޓިވަލްގައި ދައްކުވައި ދެނީ އެ ގައުމެއްގެ ސަގާފަތާއި ގައުމުތަކުގެ ދިރިއުޅުމުގެ ވައްޓަފާޅި އެވެ.

ބުސާން ފައުންޑޭޝަން ފޯ އިންޓަނޭޝަނަލް ކޯޕަރޭޝަންއިން އިންތިޒާމުކޮށްގެން ބާއްވާ މި ފެސްޓިވަލްގައި ރާއްޖޭގެ ތަފާތު މައުލޫމާތު ދީފައިވެ އެވެ. އަދި ރާއްޖޭގެ ބޫތަށް ގިނަ ބަޔަކު ޒިޔާރަތްވެސް ކޮށްފައިވެ އެވެ.

ކޮރެއާއަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ގައުމެވެ. ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ 10 ގައުމުގެ ތެރޭގައި ހިމެނޭ ކޮރެއާއިން މިދިޔަ އަހަރު 34،808 މީހުން ޒިޔާރަތް ކޮށްފައިވެ އެވެ.