ވިޔަފާރި

ލެޓިއުސް ކިލޯއެއްގެ އަގު 200ރ. އަށް

May 24, 2018
2

ފަތުގެ ބާވަތްތަކުގެ ތެރެއިން ދިވެހިން، ކެއުމުގައު އެންމެ އާއްމުކޮށް ބޭނުންކުރާ ލެޓިއުސްގެ އަގުތައް ވަރަށް ބޮޑުތަން ބާރުގައި އުފުލިއްޖެ އެވެ.

ރޯދަ މަހުގެ ފުރަތަމަ ހަފުތާ ނިމިގެން ދިޔައިރު، ލެޓިއުސްގެ އަގުތައް ވަނީ އިންތިހާއަށް މައްޗަށް ޖެހިލާފަ އެވެ. ރޯދަ މަހުގެ ކުރީކޮޅު 120ރ. އަށް ވިއްކި ލެޓިއުސް ކިލޯއެއްގެ މިހާރު ހުރީ 180ރ. އާއި 200ރ. އަށެވެ. ލެޓިއުސްގެ އިތުރުން ދެން އަގުތައް މައްޗަށް ޖެހިފައި ވަނީ ކުރުނބަ އެވެ. ކުރުނބާގެ އަގު އުޅެނީ 30ރ. އިން ފެށިގެން 60ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ.

އާއްމުކޮށް ދިވެހިން ފަނި ގިރަން ބޭނުން ކުރާ ކަރާގެ އަގު ރޯދަ މަހުގެ މިހިސާބަށް އައިރު ވަނީ ބޮޑުތަން ވެއްޓިފަ އެވެ. ރޯދަ މަހުގެ ކުރީކޮޅު ކަރާ ކިލޯއެއް 35ރ. އަށް ވިއްކި ނަމަވެސް މިހާރު ހުރީ 16ރ. އާއި 25ރ. އާ ދެމެދުގަ އެވެ.