މަލްޓިމީޑިއާ

ލުނބޯގެ ހުތާއި ފައިދާ

May 24, 2018

އިންސާނުންގެ ސިއްހަތަށް ލުނބޮއިން ވެސް ހީނުކުރާހާ ގިނަ ފައިދާ އާއި ފަރުވާ ހޯދައިދެ އެވެ. އަދި އެއީ މީރު ހުތް މޭވާ އެކެވެ. އަގުވެސް ހެޔޮ އެ މޭވާ ވަނީ ވިޓަމިން ސީ މުއްސަނދި ވެގެންވެ އެވެ. އަދި ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ މާއްދާތައް ވެސް އެހާ ގިނަ އެވެ.

މޫނުގައި ހުންނަ ތެޔޮކަން ފިލުވާލުމަށް ވެސް ލުނބޯ އެހީތެރިވެދެ އެވެ. ތުންފަތް ސާފު ކުރުމަށް ވެސް ލުނބޯ އެހީތެރި ވެދެ އެވެ. ލުނބޯ ހުތުން ދަތްތައް ވަރަށް ރީތިކޮށް ބަލަހައްޓައި ސާފުކޮށްދެ އެވެ.