ހަބަރު

ހަށިވިއްކަމުން ދިޔަ ބަޔަކު އަތުލައިގެންފި

May 28, 2018
8

އދ. މާމިނގިލީގައި ހަށި ވިއްކަމުން ދިޔަ ގިނަ ބަޔަކު ފުލުހުން ހައްޔަރުކޮށްފި އެވެ. އެމީހުން ހައްޔަރުކޮށްފައިވަނީ ރޭ އެ ރަށުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގަ އެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ހަތް މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ ހަ ދިވެހިންނާއި އެއް ބަންގްލަދޭޝް ފިރިހެނެކެވެ. ހައްޔަރުކޮށްފައިވަނީ 26 އަހަރުފެ ދިވެހި ފިރިހެނަކާއި 27 އަހަރުގެ ދިވެހި ފިރިހެނަކާއި 32 އަހަރުގެ ދިވެހި ފިރިހެނަކާއި 30 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި 22 އަހަރުގެ ދިވެހި އަންހެނަކާއި 21 އަހަރުގެ ދިވެހި އަންނެކެވެ.

ތިރީސް އަހަރުގެ ފިރިހެން މީހާގެ ބަންދަށް 15 ދުވަސްޖެހިއިރު ދެން ތިބި މީހުން ބަންދުކޮށްފައިވަނީ 10 ދުވަހަށެވެ.