ހަބަރު

ބެހެމުންދިޔަ ޑިންގީއެއްގައި ތިބި 3 ދިވެހިން ސަލާމަތްކޮށްފި

އިންޖީނުގެ މައްސަލައެއް ޖެހިގެން ބެހެމުން ދިޔަ ޑިންގީއަކަށް އެހީ ފޯރުކޮށްދީ، އޭގައި ތިބި ތިން ދިވެހިން ފުލުހުން ސަލާމަތްކޮށްދީފި އެވެ.

ފުލުހުން ބުނީ ރިސޯޓު ހަދަމުންދާ ރަށެއް ކަމަށްވާ، ލ. ރަސްގަރަހަ އިން އެ އަތޮޅު މާވަށަށް ތިން މީހުންނާއެކު ދަތުރު ކުރި ޑިންގީއެއް މާވަށާ ދެ މޭލު ބޭރުން އިންޖިނުގެ މައްސަލައެއް ދިމާވެގެން ބެހެމުން ދިޔަ ކަމަށެވެ. އެ މައުލޫމާތު މާވަށު ފުލުހުންނަށް ލިބިގެން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށާއި ޑިންގީގައި ތިބި ތިން މީހުން ވެސް ސަލާމަތްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ރޭ ސަލާމަތް ކުރި ޑިންގީގައި ތިބީ ތިން ދިވެހިން ކަމަށާއި އެ މީހުންގެ ހާލު ރަނގަޅު ކަމަށް ވެސް ފުލުހުން ބުންޏެވެ.