(27 މެއި 2018 އާ ގުޅޭ)
"ސްކާލެޓް! ލެޓްސް ލީވް ދިޒް ޕްލޭސް" އަރްސަލް އަވަސް އަރުވާލާފައި ނިމްރާ ގޮވައިގެން ކެފޭ އިން ނުކުތެވެ.
"ކޮންތާކަށް މިދަނީ" އަރްސަލްއާ އެއްވަރު ކުރަމުން ނިމްރާ އަހާލިއެވެ. އަރްސަލް ބަލާލާފައި ވެސް ވަކި އެއްޗެއް ނުބުންޏެވެ. އަތިރިމައްޗާ ދިމާއަށް އަރްސަލް މިސްރާބު ޖެހިއެވެ. ރާޅުފަށް ފެންނަ ހިސާބަށް ނުކުމެ މަޑުމަޑުން ކެފޭއާ ދުރަށް އަރްސަލް ހިނގަންފެށިއެވެ. ފުރިހަމަވެފައި ހުރި ހަނދު ނިމްރާއަށް ފެނުނީ ދެނެވެ.
"ލުކް!... ހަނދު ދުށިންތަ؟ ބޮޑުކަން ދޯ މިރޭ" އަރްސަލްއަށް ބަލާލާފައި އެނބުރި ފަހަތުން ފެންނަން ހުރި ހަނދަށް ނިމްރާ ނަޒަރު ހުއްޓާލިއެވެ. ފުރިހަމަވެފައި ހުރި ހަނދަށް ބެލުމުގެ ޝައުގުވެރިކަމެއްނެތް އަރްސަލްގެ ނަޒަރު ހުއްޓުނީ ނިމްރާއަށެވެ. އެ ތުންފަތުގައިވި ހިނިތުންވުމަށެވެ.
"ރޭގަ ދުށިން" އަރްސަލް މަޑުމަޑުން ބުނެލިއެވެ.
"ޔޫ ޕްލޭން ދިސް... ވައި" ނިމްރާގެ ސަމާލުކަން އަރްސަލްއަށް ހުއްޓާލިއެވެ. ޖީންސުގެ އަރިމަތީ ޖީބަށް ދެއަތްތިލަ ކޮއްޕާލައިގެން ހުރެ އަރްސަލް ކުރިއަށް ހިނގަމުން އައެވެ. ނިމްރާގެ ސުވާލުތަކަށް ޖަވާބެއް ނުދިނެއްކަމަކު ދޭތެރެއަކުން އަރްސަލްގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެއެވެ.
"ޑެވިލް!... ޓޯކް ޓު މީ ނައު... ޕްލީޒް... އެހެންނޫނީ އަހަރެން ކުރިއަށް ދެން އެންމެ ފިޔަވަޅެއް ވެސް ނާޅާނަން" ނިމްރާ ހުއްޓި ދެއަތްއުރާލަމުން އަރްސަލްއަށް ބަލަންފެށިއެވެ. ކުރިއަށް ފިޔަވަޅެއް އަޅާލާފައި އަރްސަލް ހުއްޓުނެވެ. އަދި މަޑުމަޑުން ނިމްރާއާ ދިމާއަށް އެނބުރިލިއެވެ.
"އަހަންނާއެކު ބޭރަށް ނުކުންނަން ބޭނުންނޫނީތަ؟" އަރްސަލް އައިސް ސީދާ ނިމްރާގެ ކުރިމަތީ ހުއްޓެމުން އަހާލިއެވެ.
"ކީއްވެ ތިހެން ތިބުނީ... އެހެންނޫނަސް އަހަރެން ރުހޭތޯ ބަލާފައެއްނޫނެއްނު ކަންކަން ކުރަނީ؟" ނިމްރާ ބުނެލިއެވެ. އެއާއެކު އަރްސަލް ކުރިއަށް ޖެހިލީ އިހުނަށްވުރެ އެ ދެމެދުގައި ހުރި ދުރުކަން ގާތްކުރަމުންނެވެ. އަރްސަލްގެ ތުންފަތުގައި ލާނެތް ހިނިތުންވުމެއްވިއެވެ. ނިމްރާ އެ ބުނީ ތެދެއްކަން ޚުދު އޭނާއަށް ވެސް އެނގެއެވެ. އަރްސަލް ބޭނުންވެއްޖެނަމަ އެގޮތަކަށް ނިމްރާއާ މެދު އޭނާ ޢަމަލުކުރަނީ ނިމްރާގެ ޚިޔާލެއް ހޯދުމެއްނެތިއެވެ.
"ޔޫ އާ އަ ވެރީ ސެލްފިޝްމޭން ޑެވިލް" ކަނާއަތުގެ ޝަހާދަތް އިނގިލީގެ ކޮޅު އަރްސަލްގެ މޭގައި ޖައްސާ ކުޑަކޮށް ނިމްރާ ކޮއްޕާލިއެވެ.
"އައި ނޯ ދެޓް ސްކާލެޓް" ނިމްރާގެ އިނގިލީގައި ހިފަމުން އަރްސަލް ލުއި ގޮތަކަށް ހީނލިއެވެ.
"އަހަރެން ވެސް ބޭނުން އެނގެން. ތީ ކޮންކަހަލަ މީހެއްކަން" އަރްސަލްއާ ނަޒަރު ސީދާކޮށްލައިގެން ހުރެ ނިމްރާ ބުނެލިއެވެ. ހަނދުވަރުގެ އަލީގައި ވެސް މާޙައުލު ފެންނަނީ ހިސާބަކަށް އަނދިރިކޮށެވެ. އެ ފަނޑު އަލިކަމުގެ ތެރެއިން އަރްސަލްގެ ލޮލުގައިވި ވިދުން ނިމްރާއަށް ފާހަގަވިއެވެ.
"ކޮންކަމެއް އެނގެން ބޭނުންވަނީ" އަރްސަލްގެ އަޑުގައި ގާތްގޮތެއް އެކުލެވިގެންދިޔައެވެ. ނަމަވެސް އެ ތުންފަތް އެއްކޮޅުން މައްޗަށް ދެމިލާފައި ހުރި ގޮތުން އަރްސަލްގެ ހިތުގައިވާ އެއްޗެއް ދެނެގަންނަން އުނދަގޫވިއެވެ. ޔަގީނުން ވެސް އެ ހިތާއި ސިކުނޑީގައި ނިމްރާއަށް ނޭނގޭ ކަންތައްގަނޑެއް ހިނގާކަން ގައިމެވެ.
"ޔޯ އޭޖް އެންޑް ބާތްޑޭ... އައި ނޯ ޔޫ އާ އެން އޯލްޑް ޑެވިލް... ޔޯ ފޭވަރިޓްސް... ލިއިކްސް އެންޑް ޑިސްލައިކްސް... ޔޯ ފިއާ" އަރްސަލް ދިން ފުރުޞަތުގެ ބޭނުން ހިފަމުން އަވަސްއަވަހަށް ނިމްރާ ބުނެލިއެވެ. އޭރު އަރްސަލްގެ ވައަތްތިލައިގެ ތެރޭ އޮތް ނިމްރާގެ ކަނާއަތްތިލަ ގެނެސް އަރްސަލްގެ މޭގައި ހިތާ ދިމާގައި ޖައްސާލެވިފައި ވިއެވެ. ނިމްރާގެ ވާހަކަތަކުން އަރްސަލް ލުއި ގޮތަކަށް ހީނލިއެވެ. އެ ހިނިތުންވުން ފެންނަ ކޮންމެ ފަހަރަކު ނިމްރާގެ ހިތް އަވަސްވެއެވެ. މުޅި ހަށިގަނޑަށް އެ ހިނިތުންވުމުގެ އަސަރު ކުރާ ފަދައެވެ.
"އައި އޭމް ނޮޓް އޯލްޑް... ޓުވެންޓީ އެއިޓް އިޒް ނޮޓް އޯލްޑް... ވެލް! އަހަރެންގެ އުފަން ދުވަސް އަންނަނީ އޮކްޓަބަރ މަހު ޓުވެންޓީ އެއިޓްގައި... އަހަންނަށް ކަޅުކޮފީއާއި ޗޮކުލެޓް ކޭކް ސްޕެޝަލީ ޑާކްޗޮކުލެޓް ކަމުދޭ. ހަމައެއާއެކު ޗީޒްއާއި ސްޕައިސީ ފުޑް ވަރަށް ކަމުދޭ. އައި ކާންޓް ޓެލް ޔޫ މައި ފިއާސް... އެކްޗުއެލީ އައި ވޯންޓް ޓެލް ޔޫ... ހެ ހެ ހެ... ދެން ވަޓް އެލްސް... އޯ ޔެސް! އައި ލައިކް ބްލޫ، ބްލެކް އެންޑް ވައިޓް... ސްކާލެޓް! ޔޫ އާ މައި މެއިޑް... އަހަރެން ހީކުރީ މިހާތަނަށް އަހަންނާ ބެހޭ ގޮތުން އެވަރު އެނގޭނެކަމަށް" ހިނިތުންވެލައިގެން ހުރެ އަރްސަލްގެ ނިތްކުރިން ނިމްރާގެ ނިތްކުރީގައި މަޑުމަޑުން ޖަހާލިއެވެ.
"ކުޅިއެއްޗެހި ކަމުދާކަމާ ބްލޫކުލަ ފޭވަރިޓްކަން އެނގުނު... އަހަރެން ނުދެކެން ހުދުކުލައާއި ނުލުގެ އެކި ޝޭޑްތަކުގެ ގަމީސް ނޫނީ އޮފީހަށްދާން ލާތަނެއް. އާދަޔާ ޚިލާފަށް ނޫކުލަ ހެދުން އެޅުމުގައި ތި ނޫނީ މީހަކު ބޭނުންކުރާތަނެއް ނުދެކެން" ހީނލާފައި ނިމްރާ ބުނެލިއެވެ.
"ތީ ވަރަށް ބޭޑް ބޯއީއެއް ދޯ... ވަރަށް ގިނަ އަންހެންކުދީންގެ ހިތްހަލާކުކޮށްލާފައި ހުންނާނީ ހީވޭ" އިރުކޮޅަކު ހުރެފައި ނިމްރާ އަހާލިއެވެ. އެއާއެކު އަރްސަލް ނިކަން ބާރަށް ހީނގަނެއްޖެއެވެ. އެ ހުނުމުގައިވީ ނިމްރާ ލަދުގަންނަވާލާފަދަ އަސަރުތަކެކެވެ.
"ވަޓް" ލަދުވެތިކަމުގެ ހޫނުކަން ކޯތާފަތަށް ޖަންބުކުލަ ވެރިކުރުވި ނަމަވެސް އެކަން ފޮރުވާލަން ނިމްރާ މަސައްކަތް ކުރަމުން ތަންކޮޅެއް ބާރަށް ބުނެލިއެވެ. އަރްސަލްގެ މޭގައި ޖައްސާލެވިފައިވި ނިމްރާގެ އަތާއި އަރްސަލްގެ އަތް ވަކިކޮށްލާ ނިމްރާގެ ކޯތާފަތުގައި އަރްސަލް ފިރުމާލިއެވެ. އަދި އަނެއްއަތުން ނިމްރާގެ ފުރަގަހުން އުނަގަނޑާ ދިމާ އަޑިވެފައިވާ ހިސާބުގައި އަތްޖައްސާލައި އަރްސަލްއާ ގާތަށް ދަމާލިއެވެ.
"އައި އޭމް ނޮޓް އަ ބޯއީ ސްކާލެޓް!... އައި އޭމް އަ ހޮޓް ބްލަޑެޑް މޭން... އަ މޭން... ޔޫ ސްޓިލް ޑައުޓް ދެޓް އޯ އާ ޔޫ ބީން ނައީވް" ނިމްރާގެ ކަންފަތްދޮށުގައި ސިއްރެއް ބުނެލިހެން އަރްސަލް ބުނެލިއެވެ. އަދި ނިމްރާގެ ކޯތާފަތުގައި ބޮސްދިނެވެ. އެއްވެސް އިޚްތިޔާރެއްނެތި ނިމްރާއަށް އިސްޖަހާލެވުނެވެ. ބުނެވުނު އެއްޗަކާއި މެދު ނިމްރާއަށް ވިސްނާލެވުނީ ދެނެވެ.
ނިމްރާގެ ދަތްދޮޅީގައި ހިފައި އުފުލާލަމުން އަރްސަލް އެ މޫނަށް ބަލާލިއެވެ. އަރްސަލްއަށް ކަމުދަނީ ލޫން ފަދަ އަންހެންކުދީންނެވެ. ދިގު އިސްތަށިގަނޑާއި އަންހެން ވަންތަ ގޮތްގޮތަށް ހެދުން އަޅާފައި ތިބޭ ކުދީންނެވެ. އަރްސަލްއަކީ ލޫންގެ ހަޔާތަށް އައި ފުރަތަމަ ޒުވާނާކަން އެނގުންވީ އެހެން އަންހެންކުދީންނާ ލޫން ތަފާތުވި ކަމެކެވެ. ކުރީން އުޅުނު މާބުރުގެ އުސޫލު ދޫކޮށްލައި ދިރިއުޅުމެއް ފަށަން ނިންމީ ލޫންގެ ހިތް ހަލާކުކޮށްލަން ބޭނުންނުވާތީއެވެ. ލޫންއާ މެދު އަރްސަލްގެ ހިތުގައި އިހުސާސްތަކެއްނުވެއޭ ބުނެވޭކަށްނެތެވެ. ހަޔާތުގެ ބައިވެރިއަކަށް އެހެންނޫންނަމަ ލޫން ޚިޔާރެއް ނުކުރީހެވެ. ނަމަވެސް ނިމްރާގެ ވަނީ ކޮންކަހަލަ ރީތިކަމެއްކަން ޚުދު އަރްސަލްއަށް ވެސް ބަޔާންކުރާކަށް ނޭނގުނެވެ. އެހެންވިޔަސް އޭނާއަށް ނިމްރާދެކެ ގަޔާވެވެނީއެވެ. ޝައުގުވެރިވަނީއެވެ. ނިމްރާއާ ގާތުގައި ހުރުމަށް ހިތް އެދެނީއެވެ. އަމިއްލަ އުސޫލުތަކުން ބޭރުވެވެނީއެވެ. ދުވަހަކު ވެސް އަންހެންކުއްޖެއްގެ ނުރުހުމުގައި އަރްސަލް ކަމެއް ނުކުރެއެވެ. ނަމަވެސް ނިމްރާ ތަފާތުވާންވީ ކީއްވެކަމެއް އޭނާއަކަށް ނުވިސްނެއެވެ. ދުވަހަކުވެސް ހިތުގައި ހިނގައިފައިނުވާ ވަރުގަދަ ޖަޒުބާތެއްގެ އިހުސާސް އަރްސަލްއަށް ކުރެވެންވީ ކީއްވެކަމާމެދު އަމިއްލަ ޟަމިރާ އަރްސަލް ސުވާލުކުރެއެވެ. އެއްވެސް ފިރިހެނަކު ނިމްރާއަށް ބަލާލަން އަރްސަލްގެ ހިތް ނޭދެއެވެ. އެހެން ފިރިހެނަކަށް ނިމްރާ ޝައުގުވެރިވެދާނޭކަމުގެ ޚިޔާލު ސިކުނޑިއަށް ވަނަސް ކެތްކުރަން ދަތިވާފަދަ ހިތްނުތަނަވަސްކަމާއި ގަދަ ރުޅި މީހާ ވަށާލަނީ އެއްވެސް އިޚުތިޔާރެއްނެތިއެވެ. އަނިޔާވެރިވާން ބޭނުންވި ނަމަވެސް ނިމްރާގެ ހިތްދަތިކަން ބަރުދާސްތުކުރަން އަރްސަލްއަށް ކެތްނުވާންވީ ސަބަބެއް ނޭނގުނެވެ. ނިމްރާއާއި އަރްސަލް އަބަދުމެ ދެބަސްވެއެވެ. ޖެއްސުންކުރެއެވެ. އެކަކު އަނެކަކަށް ފާޑުފާޑުގެ ނަންނަމުން ގޮވައެވެ. ނިމްރާގެ އެއްޗެހި ހަލާކުކުރެއެވެ. މީ ދުވަހަކުވެސް އަރްސަލް އުޅުނު ގޮތެއްނޫނެވެ. އެ ހުރިހާ އިހުސާސްތަކާއި އަންނަ ބަދަލުތަކަކީ ލޯބި ކަމުގައި ޤަބޫލުކުރާކަށް އަރްސަލްގެ ބުއްދި ތަނެއްނުދެއެވެ. ނިމްރާއާ ގާތްވެވޭ ވަގުތުތަކުގައި އަތުގެ ތެރެއަށް ގެނެސް ލޯބިކޮށްލުމަށް އަރްސަލްގެ ނަފްސު އެދެއެވެ. ޚުދު އެފަދަ ވަގުތުތަކުގައި އޭނާގެ ހަށިގަނޑު ވެސް އެފަދަ ބީހުންތަކަށް ގޮވާލަނީ ޚުދު އޭނާގެ އިޚްތިޔާރުން ބޭރުގައެވެ. އެ އިހުސާސްތައް ހިފެހެއްޓުމަށް އޭނާ ވަރަށް މަސައްކަތް ކުރެއެވެ. މުޅި ނަފްސުގައިވާ ހުރިހާ ބާރެއް ނިމްރާއާ ދުރުގައި ހުރުމަށް ޓަކައި ބޭނުންކުރި ނަމަވެސް އެ ނަފްސު ބެހިގެންދަނީ ނޭނގި ހުއްޓައެވެ.
"ޔޯ އައިސް.... އިޓްސް ޔުނީކް... މާމުއި ކުލައިގެ ދެ ކަޅި... އައި ލައިކް އިޓް... އިޓްސް ވެރީ އެޓްރެކްޓިވް... ޔޯ ނޯސް ސްޓަޑް... ކޮންއިރަކު ނޭފަތް ތޮރުފީ" ނިމްރާގެ ބުމައިގައި އިނގިލި ހިންގާލުމާއެކު މަޑުމަޑުން ގެނެސް ނިމްރާގެ ނޭފަތުގައި ފިރުމާލިއެވެ.
"ކިޔަވަން އުޅުނުއިރު" އަރްސަލްއަށް ބަލަން ހުރެ ނިމްރާ ބުނެލިއެވެ.
"ތި ހިނިތުންވުން އަބަދުވެސް ފެންނާނެނަމައޭ ހިތަށް އަރާ... ޑެވިލްއެއް ކަމަކު ހީނލާއިރު ވަރަށް ހިތްގައިމު" އަރްސަލްގެ ދެ ލޮލަށް ގެއްލިފައި ހުރި ނިމްރާއަށް އަރްސަލްގެ މޭގައި ޖައްސާލެވިފައިވި އަތުން އެ މޭގައި ފިރުމާލެވުނެވެ. އެކަކު އަނެކަކުގެ ލޮލުގެ ތެރެއަށް ގެއްލިފައި ދެ ޒުވާނުން އިރުކޮޅަކު ތިއްބެވެ. ދެ ހިތުގައި ހިނގާ އިހުސާސްތައް ބަޔާންކުރާނޭ ލަފުޒުތަކެއް ނެތިފައި ތިބިހެންނެވެ.
"މައި ސްކާލެޓް!... ޑޯންޓް ލުކް އެޓް މީ ލައިކް ދެޓް" އަރްސަލްގެ އަޑު އިހުނަށްވުރެ ވެސް މަޑުވިއެވެ.
"މައި ސްކާލެޓް" ނިމްރާއަށް ހިތާހިތާ ކިޔާލެވުނެވެ. އެހިނދު ފަޅިސިކުންތަކަށްވިޔަސް އެ މޭގައިވި ހިތް ނިމްރާގެ ނަފްސު ދޫކޮށްލާ އުދުއްސައިގަންނަން އުޅުނު ކަހަލައެވެ. ރަކި ހިނިތުންވުމެއް ނިމްރާގެ ތުންފަތަށް ވެރިވި ހިނދު ހުރިހާ އިހުސާސްތަކެއް ހިފަހައްޓާލަމުން ތިރީ ތުންފަތުގައި ދަތްއަޅާ ބާރުކޮށްލެވުނެވެ.
"ލައިކް ވަޓް" ނިމްރާ ޖަދަލުކުރާ ފަދަ ގޮތަކަށް އަހާލީ އެ ހިތުގެ ހާލު އަރްސަލްއަށް ސިއްރުކުރުމުގެ ނިޔަތުގައެވެ. އެހެންނަމަވެސް އެ މޫނުން އެއްވެސް ކަމެއް އަރްސަލްއަށް ސިއްރެއްނުވިއެވެ.
"ލައިކް ޔޫ ވޯންޓް މީ" އަރްސަލް އެއްމިޔަކަނުން ހިނިތުންވެލިއެވެ. އޭނާގެ ނަޒަރު މަޑުމަޑުން ނިމްރާގެ ތުންފަތަށް ދަތުރުކުރިއެވެ. ނަމަވެސް ނިމްރާގެ މޫނުގެ ކުލަވަރު ބަދަލުވެގެންދިއުމާއެކު އޭނާ ނިކަން އަވަހަށް އިސްޖަހާލިތަން އަރްސަލް ދުށްޓެވެ.
"ކިހިނެއްވީ ސްކާލެޓް" އަރްސަލް އަހާލީ ހައިރާންކަމާއެކުއެވެ.
"ކޮންފިއުޒްޑް!... ޔޫ ކޮންފިއުޒްޑް މީ... ބޭނުންވަނީ ކޮންކަމެއްކަން ނޭނގޭތީ" އަރްސަލްއާ ދުރަށް ޖެހިލަން ނިމްރާ އުޅުނެވެ. އެހެންނަމަވެސް އެ ފުރުޞަތު އަރްސަލް ނުދިނެވެ.
"އައި ޑޯންޓް ނޯ ވަޓް އައި ވޯންޓް އެނީމޯ" އަރްސަލްގެ ހިތުގައިވީ އެއްޗެއް އޭނާ ހާމަނުކުރިނަމަވެސް ނިމްރާ ގެނެސް މެޔާލާ ބޮނޑިކޮށްލިއެވެ.
"ވިލް ޔޫ ޓްރަސްޓް މީ" ނިމްރާގެ ނިތްކުރީގައި ދެފަހަރު މަތިން ބޮސްދީފައި އަރްސަލް އަހާލިއެވެ.
"އަހަންނަކަށް ނޭނގެ ބުނާނެ އެއްޗެއް" ނިމްރާގެ މޫނުގައިވި އަސަރުތައް ދެނެގަންނަމުން އޭނާ ތެދުކަން އެ ހެދީ އަރްސަލްއަށް އެނގުނެވެ. އެހެންވެ ހިތްހަމަޖެހުނެވެ. ނިމްރާގެ އިހުސާސްތަކާއި ކުޅެވެނީ ޚުދު އަރްސަލްއަށްކަން ހީވި ނަމަވެސް އޭނާ އެކަން ހުއްޓާލާކަށް ބޭނުމެއްނޫނެވެ. ހަމައެއާއެކު ނިމްރާ އޭނާއަށް އިތުބާރުކުރުމަށް އަރްސަލްގެ ހިތާއި ޟަމީރު ވެސް އެދެއެވެ. އޭނާ ނިމްރާއަށް ޓަކައި ރޭވުންތަކެއްވަނީ ރާވާފައެވެ. އިތުރަށް ނިމްރާއަށް ދެރައެއްދިނުމުގެ ވިސްނުމެއްނެތެވެ.
"އަހަރެން ބޭނުމެއްނޫން ތީ އަހަރެންގެ މެއިޑެކޭ ބުނާކަށް" އަރްސަލް ބުނި އެއްޗަކުން ނިމްރާ އަޖައިބުވިއެވެ.
"އަހަންނަކަށް ނުވިސްނުނު... އަހަރެންގެ އެއްވެސް ޝަކުވާއެއްނެތޭ ގޭތެރޭގެ ހުރިހާ ކަމެއްކުރަންޖެހުނަސް. ނޫނީ އަހަރެން ބޭރުކޮށްލަންތަ ތި އުޅެނީ. ފޮނުވާލަންތަ؟" ކުއްލިއަކަށް ނިމްރާ ކަންބޮޑުވިއެވެ. އަރްސަލް މަޑުމައިތިރިކަމާއެކު އެއްފަހަރު ރީތިކޮށް ވާހަކަދައްކައިފިއްޔާ އަނެއް ދެފަހަރު އޭނާ ކަންތައްކުރާނީ ނިމްރާގެ ހިތުގައި ޖެހޭ ފަދަ ގޮތަކަށެވެ. އަރްސަލްއަށް އިތުބާރުކުރަން ނިމްރާ ޖެހިލުންވަނީ އެހެންވެއެވެ. އަރްސަލް އެ އުޅެނީ އެފަދަ ސަމާސާއެއް ކުރަން ކަމުގައި ނިމްރާއަށް ހީކުރެވުނެވެ.
"ނޯ ސްކާލެޓް!... އަހަރެން ނުބުނަންތަ އައި އޯން ޔޫ އޭ. ޔޫ އާ މައިން... އަހަރެން ގަސްދެއްނުކުރަން ސްކާލެޓް ދޫކޮށްލާކަށް. މެއިޑެއްގެ ގޮތުގައި ސްކާލެޓް ބަހައްޓަން ބޭނުންނުވަނީ. ވަޓް އައި މީން އިޒް... ކިހިނެއްބުނާނީ... އިހަށް ދުވަސްކޮޅަކު މަޑުކޮށްލާ... އޭރުން އެނގޭނެ... ދެން އެކަމާ އެހާ ނުވިސްނާ... ސްކާލެޓް! ހޮޓެލްގެ އިންޓީރިއާ މަސައްކަތް ފެށުނީމަ އަހަންނާއެކު ދާނަންތަ އެތަން ބަލާލަން" އަރްސަލް ބުނަން ބޭނުންވި އެއްޗެއް ފުރިހަމަ ނުވަނީސް ވާހަކައިގެ މިސްރާބު ބަދަލުކޮށްލީ ނިމްރާއަށް އިތުރު ނުތަނަވަސްކަމެއް ދޭން ބޭނުންނުވާތީއެވެ.
"ސްޓޭޓްމެންޓްތައް އަހަރެން ދުށިން... ހާދަ ބޮޑު ޚަރަދެކޭ. އެކަމަކު ވަރަށް ރީތިވާނެހެން ހީވޭ. ގެންދަން ހުރިއްޔާ ބޭނުން ދާން" ނިމްރާ ބުނެލިއެވެ.
"ގެއަށް ދަމާ" އަތުކުރީ އޮތް ގަޑިއަށް ބަލާލާފައި އަރްސަލް ބުނެލިއެވެ. އެއާއެކު އަރްސަލްގެ އަތުގައި ހިފަހައްޓަމުން ނިމްރާ ވެސް ގަޑި ބަލާލިއެވެ. ބާރަޖަހައި ހިނގައްޖެކަން އެނގުމުން ޤަބޫލު ވެސް ނުކުރެވުނެވެ. އަރްސަލްއާއެކު އެހާ ވަގުތު ހޭދަކުރެވުނުހެން ނިމްރާއަށް ހީނުވީއެވެ. އެހެންނަމަވެސް ދެ މީހުން އެކުގައި ހޭދަވި ހުރިހާ ވަގުތުކޮޅެއް ނިމްރާގެ ހިތަށް ފިނިކަމެއް އިހުސާސްކޮށްދިނެވެ. އުފާވެރި އިހުސާސެކެވެ. ނިމްރާގެ އަތުގެ އިނގިލިތަކުގެ ތެރެއަށް އަރްސަލްގެ އިނގިލިތައް މަހާލެވިފައިވިއެވެ. ދެ ޒުވާނުން އެކުގައި އެއްގަމަށް ހިނގައިގަތެވެ.
"ތޭންކިއު!... އައި ހެޑް އަ ގްރޭޓް ޓައިމް އެންޑް އައި ލަވް ދިސް ޑްރެސް" ގެއާ ދިމާއަށް އައި މަގުމަތީ ނިމްރާ ބުނެލިއެވެ.
"މިރޭ... އަސްލު... ސްކާލެޓް ވަރަށް ރީތި" ނުބުނަން ހުރެފައި ވެސް އަރްސަލް ބުނެލިއެވެ. އެ ޖުމްލައިން ނިމްރާ އުފާވިވަރު އެ ދެލޮލުން ވިދައިގަތެވެ.
"އެހެންބުނެފަ މި ހެދުން އިރާނުލާތި. އަހަރެން ބޭނުން މި ހެދުން އެހެން ފަހަރަކުން ވެސް ލާން" ނިމްރާ ތުންއޫކޮށްލިއެވެ.
"އޯކޭ" އަރްސަލް ހީނލުމާއެކު އޭނާގެ އިސްތަށިގަނޑުގައި އަތްފުނާ އަޅާލީ ނިމްރާ އެ ބުނި ހާދިސާ ހަނދާންވުމުންނެވެ.
ގެއާ ކައިރިވުމާއެކު އަރްސަލްގެ އަތް ނިމްރާގެ އަތާއި ވަކިކޮށްލައި ނިމްރާގެ ފަހަތުން އުނަގަނޑާ ދިމާގައި އަތްޖައްސާލިއެވެ. އަރްސަލްގެ އެއްވެސް ހަރަކާތެއް ނޭނގުނު ނަމަވެސް މިރޭ ނިމްރާ ހުރީ އަރްސަލްގެ އެއްވެސް ކަމަކަށް ނޫނެކޭ ނުބުނަން ނިންމައިގެންނެވެ. އަރްސަލް ފަރާތުން އެފަދަ ގާތްކަމެއް ފެންނަ ކޮންމެ ފަހަރަކު ޚުދު ނިމްރާއަށް ވާގޮތެއް ނޭނގެއެވެ. އަރްސަލްގެ ނަފުރަތުގެ މަތިންނާއި އެ ދެ މީހުން ބައްދަލުވި ހަޤީޤަތް މަތިން ވެސް ހަނދާންނެތޭ ކަހަލައެވެ.
އެޕާޓްމެންޓަށް އަރްސަލްއާއެކު ނިމްރާ ވަންއިރު އެތަނުގައި ރާދިން ފެންނާކަށް ނެތެވެ. ނިމްރާގެ ބޫޓު ފަޔާ ވަކިކޮށްލުމަށްފަހު ކޮޓަރިއަށް ދާން ހިނގައިގަތެވެ. ނަމަވެސް ހުއްޓެވުނީ އަރްސަލް އޭނާގެ އަތުގައި ހިފުމުންނެވެ.
"ދެން ނިދާނީތަ؟" އަރްސަލް އަހާލިއެވެ.
"ދެން ކީއްކުރަން އޮތީ؟ ހެނދުނު ތެދުވަން ޖެހޭނެއެއްނު" ނިމްރާ ބުނެލިއެވެ. އަރްސަލް ބޯޖަހާލި ގޮތުން ހީވީ ނިމްރާ ބުނި އެއްޗަކާ އެއްބަސްވީ ހެންނެވެ. އޭނާ ނިމްރާގެ އަތުން ދޫކޮށްލިއެވެ. ނަމަވެސް ނިމްރާއާއެކު އޭނާގެ ކޮޓަރިއާ ހަމައަށް އައެވެ.
"ކީއްކުރަން ތި އުޅެނީ" ނިމްރާގެ ފަހަތުން ކޮޓަރިއަށް ވަންނަން އަރްސަލް އުޅުމުން ނިމްރާ ސުވާލުކުރިއެވެ.
"އެހާ އަވަހަކަށް އަހަންނަކަށް ނުނިދޭނެ... ނިދިއަންނަންދެން އަހަންނާއެކު މަޑުކޮށްލަދޭންވީނު" އަރްސަލް ހުރީ ނިމްރާގެ ކޮންމެ ހަރަކާތަކަށް ސަމާލުވެއެވެ. ނިމްރާއާ ދުރަށްދާން އަރްސަލްގެ ސިކުނޑި ބުނަމުންދިޔަ ނަމަވެސް އެ އަޑު އޮބިގެންދިޔައީއެވެ.
"މިއަދު ހަތަރުދަމު ބޭރުގައެއްނު ތި އުޅުނީ... ވަރުބަލި ވެސް ނުވޭތަ؟ ފެންވަރާލައިގެން އޮށޯންނަނިކޮށް ނިދިދާނެ" ނިމްރާ ޚިޔާލު ދިނެވެ.
"ކެން އައި... ކިސް ޔޫ" އަރްސަލް ކުރިއަށް ޖެހިލާ ނިމްރާގެ އަތުގައި ހިފާލަމުން އަހާލިއެވެ.
"ޔޫ ޝުޑުންޓް... މިވަގުތު ދެން ދޭ ކޮޓަރިއަށް" ނިމްރާ ދެކޮޅު ހެދިނަމަވެސް އޭނާ ހުރީ ދެ ޚިޔާލެއްގައެވެ.
"އެހެންވީރު އަހަންނާއެކު ސިޓިންރޫމުގައި މަޑުކޮށްލަން އަންނަންވީނު... ކަމޯން ސްކާލެޓް! އޯ އައި ވިލް ކިސް ޔޫ ޓުނައިޓް... ޗޫޒް ޔޯސެލްފް" ނިމްރާގެ ތުންފަތުގައި އިނގިލިޖައްސާލުމާއެކު އަރްސަލްގެ ތިރީތުންފަތުގައި ދަތްއަޅާލިއެވެ.
"ޑޫ ޔޫ ހޭވް ޓު ސްޕޮއިލް އެވްރިތިންގް" އަރްސަލްގެ އަތް ދުރަށްލަމުން ނިމްރާ ބުނެލިއެވެ. އަރްސަލް ހިނިތުންވެލިއެވެ.
"އިޓް ވިލް ބީ މޯ ފަން" ހެމުން އަރްސަލް ބުނެލިއެވެ.
"ޔޫ ވިލް އޯލްވޭޒް ބީ ދި ޑެވިލް... ދެން މިތާ ހުރެ ފާޑުފާޑުގެ ޚިޔާލުކުރާނެކަމެއްނެތް. ޖަސްޓް ގޯ" އަރްސަލް މަސްތީ ގޮތަކަށް ނިމްރާއަށް ބަލަންފެށުމުން އޭނާގެ މޭގައި އަތް އަޅާ ނިމްރާ ކޮއްޕާލިއެވެ.
"އަންނާތި އިނގޭ... ސޯފާގައި މި އިނީ" ހެމުންހެމުން އަރްސަލް ކޮޓަރިން ނުކުތެވެ.
* * * *
ފަތިސް ނަމާދަށް ދާން ނުކުތް ރާދިންއަށް ހުއްޓެވުނީ ޓީވީ ހުޅުވައިގެން ސޯފާގައި ނިދާފައި ތިބި އަރްސަލްއާއި ނިމްރާ ފެނިފައެވެ. އަރްސަލް ގާތުގައި ސޯފާގެ ދިގަށް ބޯދަށަށް ކުޝަންއެއް ލައްވާލައިގެން އަރިއަކަށް ނިމްރާ އޮތެވެ. އޭނާގެ ބޯ ކައިރީ ސޯފާގެ ލެނގޭބައިގައި ކަނދުރާ ޖައްސާލައިގެން ކޮފީ މޭޒުމައްޗަށް ދެފައިނަގާ ދަމާލައި އެއްފައި އަނެއްފައިގައި އަޅުވާލައިގެން އަރްސަލް އިނެވެ. އޭނާގެ އެއްއަތް ބަނޑުމަތިން ހުރަސްކޮށްލެވިފައި އޮތްއިރު އަނެއް އަތް އޮތީ ނިމްރާގެ ކޮނޑާއެކު އަތުގައި އަޅުވާލެވިފައެވެ. ލާނެތް ހިންޏެއް އައިސްފައި ހުރެ ރާދިން އަވަސް އަވަހަށް ޖީބުގައި އޮތް ފޯނު ނެގިއެވެ. އަދި ދެ ޒުވާނުން ސޯފާގައި ނިދާފައި ތިބި ގޮތުގެ ފޮޓޯއެއް ފޯނުން ނެގިއެވެ. އެ މީހުންނަށް ހޭލެވުމުގެ ކުރީން އަވަސް އަވަހަށް ސިއްރުން އެޕާޓްމެންޓުން ރާދިން ނުކުތެވެ.
"މޯނިންގް" މިސްކިތުން އައިސް ކޮފީ މެޝިނު ރާދިން ޖައްސާލި އަޑަށް ސޯފާގައި ތިބި ދެ ޒުވާނުން ދިޔައީ ސިއްސައިގެންނެވެ. އިވުނު ބާރު އަޑުން ލޯ ހުޅުވުނު ގޮތަށް އަރްސަލްއަށް ފުރަތަމަ ވެސް ހޯދާލެވުނީ ނިމްރާއެވެ. ނޭނގިގެނެވުނު ހަރަކާތެއްގެ ގޮތުން ނިމްރާގެ ގައިގާ އަރްސަލްއަށް ހިފަހައްޓާލެވުނެވެ. ކޮފީމެޝިނުން އިވެމުންދިޔަ އަޑާއެކު ރާދިން ހަޅޭލަވައިގަތް އަޑަށް ވިސްނާލެވުނީ ދެނެއެވެ. ދެ ޒުވާނުންނަށް ހިނިއައިސްފައި އެ މީހުންނަށް ބަލަން ހުރި ރާދިން ފެނުމުން ނިކަން އަވަހަށް ދުރަށް ޖެހިލެވުނެވެ.
"ވަޓް ދަ... ރާދު... ސިއްސައިގެންނޭ ދިޔައީ" އަރްސަލް ހަޅޭލަވައިގަތެވެ. ނިމްރާ މޫނު ފުހެމުން ހަލުވިކޮށް ކޮޓަރިއާ ދިމާއާށް ދިޔައެވެ.
"ނިދާނޭ ކޮޓަރިއެއް މި ބޮޑު އެޕާޓްމެންޓުގައި ވެސް ނެތީތަ؟ ނޫނީ ސޯފާ މާ އަރާމީތަ؟" ރާދިން ދިމާކޮށްލިއެވެ.
"ސްކާލެޓްއާ ދިމާއަށް އެއްވެސް އެއްޗެކޭ ނުބުނާތި. އޭނާއާ ދިމާކޮށްގެން ނުވާނެ... އަހަރެމެން ފިލްމެއް ބަލަން ތިއްބާ ނިދުނީ. ތި މެޝިނުގަނޑު ޖެއްސުމުގެ ކުރީން ގޮވާލެވުނީހެއްނު" އަރްސަލް ބުނެލިއެވެ.
"ރޭގައި ހާދަ ބޮޑު ޑޭޓަކަށްހެން ހީވޭ ދިޔައީ" ރާދިން އަނެއްކާ ވެސް ދިމާކޮށްލިއެވެ.
"ސްޓޮޕް އިޓް ރާދު... ވީ އާ އެޑަލްޓްސް. އަހަރެން އެބައޮތް ރާދުއާ ވާހަކައެއް ދައްކަންވެފައި. އެކަމަކު އޮފީހަށް ނުކުމެފައި" އަރްސަލް ބުނެލިއެވެ.
"އަރްސަލްތަ ތީ... ނޫނީ ރަތްޖިންނި އަރްސަލްއާ ހަމަރަނގަޅަށް ވެސް އަވަލީތަ؟ ދިސް އިޒް އިންޓްރެސްޓިންގް. ތި ވާހަކައެއް އަހަން ކެތްމަދުވެއްޖެ" ރާދިންގެ ދިމާކުރުންތަކުން އަރްސަލް ދެފަރާތަށް ބޯހޫރާލާފައި ކޮޓަރިއަށް ދިޔައެވެ.. ނުރުހުން ފާޅުކުރަން އުޅުނެއްކަމަކު އަރްސަލްގެ ތުންފަތުގައިވީ ހިނިތުންވުމެކެވެ. (ނުނިމޭ)