ދިވެހިންނަށް ވެސް އެވަކާޑޯ ވަރަށް ކަމުދެ އެވެ. އެކަމަކު އެހާ ގިނައިން ބޭނުމެއް ނުކުރެ އެވެ. އެވަކާޑޯއަކީ އޭގެ ފައިދާ ވަރަށް ގިނަ މޭވާއެކެވެ. އެވަކާޑޯއަކީ ހަކުރުގެ މިންވަރު ވަރަށް މަދު އަދި ހަށިގަނޑަށް ބޭނުންވާ ވިޓަމިނުން ފުރިފައިވާ މޭވާ އެކެވެ.
އެވަކާޑޯގެ އެހީގައި އަނގައިން ނުބައިވަސް ދުވުމުން ދުރުކޮށްދެ އެވެ. ގައިގެ ހަންގަނޑު އޮމާންކޮށްދޭއިރު ފުރަމޭގައި ޖެހޭ މައްސަލަތަކުން ދުރުކޮށްދިނުމާއެކު ލޮލުގެ ދުޅަހެޔޮ ކަމަށް އެހީވެ އެވެ،
އެވަކާޑޯއިން ހިތުގެ ހިނގުން ހަމައަކަށް އަޅުވައި ބަލިތަކުން ދުރުކޮށް ދިނުމާއެކު ހަށިގަނޑުގެ ބަރުދަން ފުރިހަމަ މިނިގަން ގެންދާން ވެސް އެހީވެ ދެއެވެ.