ޕްރޮމޯޝަން

އެސްޓީއޯއިން "އަލްއައިން" ޓޮމާޓޯ ޕޭސްޓް ތައާރަފުކޮށްފި

އެސްޓީއޯ އިން މަޝްހޫރު ބްރޭންޑެއް ކަމަށްވާ "އަލްއައިން" ގެ ޓޮމާޓޯ ޕޭސްޓް ރާއްޖެއަށް ތައާރަފުކޮށްފި އެވެ. މި ބްރޭންޑުގެ ޓޮމާޓޯ ޕޭސްޓް އެސްޓީއޯން މިހާރު ވަނީ ހޯލްސޭލް އަދި ރީޓެއިލް ކުރަން ފަށާފަ އެވެ.

ޔޫއޭއީ ގެ އަގްތިޔާ ކުންފުނިން އުފައްދާ މި ޓޮމާޓޯ ޕޭސްޓް އަކީ މިސްރުގައި ބަންދުކޮށްގެން އެކްސްޕޯޓް ކުރާ ބްރޭންޑެކެވެ. މެދުއިރުމަތީގައި ޓޮމާޓޯ ޕޭސްޓް އުފައްދާ އެންމެ ބޮޑު ތިން ކުންފުނީގެ ތެރޭގައި ހިމެނޭ މި ކުންފުންޏަކީ މިސްރުގައި ޓޮމާޓޯ ޕޭސްޓް އުފައްދާ އެންމެ ބޮޑު ކުންފުންޏެވެ.

އަލްއައިން އުފައްދާފައި ވަނީ އެއްވެސްވަރަކަށް ޕްރިޒަވޭޓިވްސް ނުހިމަނާ މިސްރުގެ ދަނޑުތަކުގައި ހައްދާ ތާޒާ ޓޮމާޓޯ ބޭނުންކޮށްގެން ސްޓޭޓް އޮފް ދަ އާޓް ޕްރޮސެސް ލައިނަކުންނެވެ.

އެސްޓީއޯއިން ވަނީ މި ޓޮމާޓޯ ޕޭސްޓުގެ ތިން ސައިޒެއް ބާޒާރަށް ނެރެފަ އެވެ. މީގެތެރޭގައި 50 ގްރާމްގެ ޕެކެޓާއި އަދި 400 ގްރާމްގެ ދަޅާއި 800 ގްރާމްގެ ދަޅު ހިމެނެ އެވެ. މި ދަޅުތަކަކީ ދަޅުކެންޑި ބޭނުންކުރަން ނުޖެހޭގޮތަށް އީޒީ އޯޕެން ލިޑް ހުންނަ ދަޅުތަކެކެވެ.

އަލްއައިންގެ ޓޮމާޓޯ ޕޭސްޓް އެސްޓީއޯ ސުޕަމާޓުންނާއި ސުޕަމާޓް ހޯލްސޭލް ސެންޓަރުގެ އިތުރުން އެސްޓީއޯގެ ރީޖަނަލް ފިހާރަތަކުންވެސް ހޯލްސޭލް އަދި ރީޓެއިލްކޮށް މިހާރު ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ.