ހަބަރު

ތުރާކުނު ސްކޫލްގައި އާ ކްލާސް ރޫމްތަކެއް އަޅަން ހަވާލުކޮށްފި

May 31, 2018
2

ހ ތުރާކުނު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށް ސްކޫލްގެ ކިޔަވައިދިނުމަށް ބޭނުންވާ ލެބޯޓްރީއާއި އޭވީ ރޯމް އެޅުމަށް ވޯޓާޕާކް މޯލްޑިވްސްއާ އެޑިއުކޭޝަން މިނިސްޓްރީން ހަވާލުކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވޯޓާޕާކް ޕްރައިވެޓް ލިމިޓެޑާއެކު އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހިމް އިސްމާއިލް އެވެ. ވޯޓާ ޕާކްގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްރާހް އެވެ.

އެންމެ ނުވަ ކްލާސްރޫމާއި ސްޓާފްރޫމަކާއެކު މިހާރު ހިންގާ ތުރާކުނު ސްކޫލަކީ ކުދިންގެ އާބާދީ މަދު ސްކޫލެކެވެ. ގްރޭޑް ދިހައަކާ ހަމައަށް ކިޔަވައިދޭ އެ ސްކޫލްގައި މިއަހަރު ކިޔަވަނީ 89 ކުދިންނެވެ. އެހެން ނަމަވެސް ސްޓްރީމް މާއްދާތައް ކިޔަވައިދޭތީ ސައިންސް ލެބަކާއި އޭވީ ރޫމެއް އެ ސްކޫލުގައި ނެތުމުން ވަނީ ދަތިތަކަކާ ކުރިމަތިވެފަ އެވެ.

މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން އެ ސްކޫލުގައި ސައިންސް ލެބާއި އޭވީ ރޫމް އަޅައި ނިންމަންޖެހެނީ އަންނަ އަހަރުގެ ސްކޫލް ފެށެންވާއިރަށެވެ. އެ މަސައްކަތަށް އެޑުއކޭޝަނުން 1.6 މިލިއަން ރުފިޔާ ހަރަދުކުރަން ވަނީ ނިންމާފަ އެވެ.