ކުންނާރަކީ ރާއްޖެއިން ލިބޭ މޭވާއެކެވެ. މިއީ ވެސް ސިއްހީ ފައިދާތައް ވަކީން ކުޑަ މާވާއެކޭ ނުބުނެވޭނެ އެވެ.
ކުންނާރުގައި ވަރަށް ގިނަ ވިޓަމިންތައް ހިމެނެ އެވެ. ޕޮޓޭސިއަމާއި ފޮސްފަރަސް އާއި މެންގަނީޒިއަމްގެ އާއި ސޯޑިއަމާއި ޒިންކާއި ދަނގަޑާއި ކެލްސިއަމްގެ ބައިތައް ވެސް ހިމެނެއެވެ. އިތުރަށް ވިޓަމިން ސީ ވެސް އޭގައި ވަރަށް މުއްސަންޖެވެ.
ކުންނާރަކީ ހަޖަމުގެ ނިޒާމް ހަމައަކަށް އަޅުވައިދޭ މޭވާއެކެވެ. ގޭހާއި ހޮޑުލެވުމާއި ބަނޑުގައި ރިހުމަށް ކުންނާރު ފުދެ އެވެ. ރަށްރަށުގައި ކުންނާރު ލިބެން ހުއްޓަސް މިއީ އެހާ ގިނައިން ކައި އުޅޭ މޭވާއަކަށް މިހާރު ނުވެއެވެ.