ވިޔަފާރި

މިދިޔަ މަހު ލަންކާ ޓޫރިޒަމަށް 6.2 ޕަސެންޓުގެ ކުރިއެރުމެއް

Jun 6, 2018
1

މިދިޔަ މަހު އަވަށްޓެރި ސްރީލަންކާ އަށް ދިޔަ ޓޫރިސްޓުންގެ އަދަދު 6.2 ޕަސެންޓު އިތުރުވެފައިވާ ކަމަށް އެ ގައުމުން ބުނެފި އެވެ.

ސްރީލަންކާ ޓޫރިޒަމް ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އެ ގައުމަށް 129,466 މީހުން ޒިޔާރަތް ކޮށްފައިވެ އެވެ. މއިީ އޭގެ ކުރީ އަަހަރު އައި 121,891 މީހުންނާ އަޅާ ބަލާއިރު 6.2 ޕަސެންޓުގެ އިތުރުވުމެކެވެ.

އެ ގައުމަށް މިދިޔަ މަހު އެންމެ ގިނައިން މީހުން ގޮސްފައިވަނީ އިންޑިޔާއިންނެވެ. އެ ގައުމުން 42,073 މީހުން ގޮސްފައިވެ އެވެ. އަދި ދެވަނައަށް އެންމެ ގިނަ މީހުން ދިޔަ ޗައިނާއިން 17,103 މީހުން އަދި ތިންވަނަށް އެންމެ ގިނަ މީހުން އައީ އިނގިރޭސިވިލާތުން 9,337 މީހުން ގޮސްފައިވެ އެވެ.

ސްރީލަންކާގެ ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުން ރާއްޖެ ހިމެނެނީ އެ ގައުމަށް އެންމެ ގިނައިން މީހުން ޒިޔާރަތް ކުރާ ލިސްޓުގެ ހަ ވަނާގަ އެވެ. މިދިޔަ މަހު ސްރީލަންކާއަށް ރާއްޖެއިން 4,343 މީހުން ގޮސްފައިވެ އެވެ.

ރާއްޖެއާ ދާދި އެއް ގޮތަކަށް ޓޫރިޒަމް ޕްރޮމޯޓް ކުރާ ސްރީލަންކާއަށް މިދިޔަ އަހަރު 2,116,407 މީހުން ޒިޔާރަތް ކޮށްފައިވެ އެވެ.