ވިޔަފާރި

އެސްޓީއޯ އިން ޑީސަލް ލިޓަރަކުން 10ލ. ބޮޑުކޮށްފި

Jun 7, 2018
1

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، އެސްޓީއޯ އިން ވިއްކާ ޑީސަލް ލީޓަރަކުން 10ލ. މިއަދުން ފެށިގެން ބޮޑުކޮށްފި އެވެ.

ރާއްޖެ އަށް އެންމެ ގިނައިން ތެޔޮ އެތެރެކުރާ ކުންފުނިން ބުނީ ލިޓަރަކުން 10ލ ބޮޑުކުރުމާއެކު ޑީސަލް ލިޓަރެއް ވިއްކާނީ 11.23 ލާރި އަށް ކަމަށެވެ.

އެސްޓީއޯ އިން އެންމެ ފަހުން ތެލުގެ އަގު ބޮޑު ކުރީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ. އެ ދުވަހު ޑީސަލް ލިޓަރަކުން 41ލ. ބޮޑުކޮށްފައިވެ އެވެ.

ރާއްޖޭގައި ތެލުގެ އަގު ބޮޑުކުރިއިރު ދުނިޔޭގެ ބާޒާރުގައި ތެޔޮ ވިއްކަނީ 64.67 ޑޮލަރަށެވެ.