(5 ޖޫން 2018 އާ ގުޅޭ) -- "އަހަރެން ވަންނަންތަ؟" ނިތްކުރީގައި އެއްއަތް ބާއްވާލައިގެން އޮތް އަރްސަލްއަށް ނިމްރާގެ އަޑުއިވުމުން އެނދުން ތެދުވެވުނެވެ. އެނދުގެ އަރިމަތީގައި އިށީނދެލައިގެން ނިމްރާއަށް ބަލަން އިނދެ އަރްސަލް ބޯޖަހާލިއެވެ. އެއާއެކު ނިމްރާ އެތެރެއަށް ވަދެ ދޮރުލައްޕާލިއެވެ.
"ކީއްކުރަން ތި އައީ؟ ސިޓިންރޫމުގައި މީހަކު ނެތީތަ؟" އަރްސަލްގެ އަޑުގައި ނުރުހުމުގެ އަސަރުވިއެވެ.
"ހަލަފް އެބައިން... އޭނާއަށް އެނގޭނެ އަހަރެން މި ކޮޓަރިއަށް ވަންކަން. އަހަރެން ވަނީ ކޮޓަރީގެ ވެރިފަރާތުގެ ހުއްދަ ލިބުނީމައެއްނު. އެކަމަކު ހީވަނީ އަހަންނަށް މިކުރެވުނީ ރަނގަޅުކަމެއްނޫންހެން... އަހަރެންދެކެ ހިތްހަމަނުޖެހިފަ ދޯ ތި އިނީ. އެހެންވިއްޔާ ދަނީ... ފަހުން ވާހަކަދައްކާނީ" ނިމްރާ އެނބުރި ދޮރުގެ ތަޅުގައި ހިފާލަންވާއިރަށް އަރްސަލް ގޮވާލިއެވެ.
"މަޑުކޮށްބަލަ!" އަރްސަލް ބުނެލިއެވެ. ނިމްރާއަށް ބަލަން އިނދެފައި އަރްސަލްގެ ކައިރިން އެނދުގައި އެއްއަތް ޖައްސާލައި ބޮލުން އިޝާރާތްކޮށްލީ އެ ތަނުގައި ނިމްރާ އައިސް އިށީނުމަށެވެ. އަރްސަލް ދެއްކި ތަނުގައި ނިމްރާ އައިސް އިށީނުމާއެކު އޭނާ ވާހަކަ ދައްކަން ފެށިއެވެ.
"ސްކާލެޓް! ޔޫ ކާންޓް ގޯ. އަހަރެން ހުއްދައެއްނުދޭނަން... އަހަރެން އެއްވެސް ވަރަކަށް ޤަބޫލެއް ވެސް ނޫން. ހަލަފް ބުނާހާ ގޮތަކަށް ނުޖެހޭނެ އެއްވެސް ކަމެއްކުރާކަށް. ޕްލީޒް ސްކާލެޓް... ބުނޭ ނުދާނަމޭ... އައި ޑޯންޓް ވޯންޓް ޓު ފޯސް ޔޫ... ޕްލީޒް... ނުދާނަމޭ ބުނެބަލަ. އަހަރެން ބޭނުމެއްނޫން އެމީހުންނާ ސްކާލެޓް ބައްދަލުކުރާކަށް. އައި ކާންޓް ލޫސް ޔޫ ޓޫ" އަރްސަލް އެންމެ ފަހުން ބުނެލި ޖުމްލަ އިވުނީ ވައި އަޑުންނެވެ. އިސްޖަހާލި އަރްސަލްއަށް އިސް އުފުލާލަން ޖެހުނީ އޭނާގެ މޫނުގެ ދެފަރާތުން ނިމްރާގެ އަތްތިލައިގެ ބީހުން އިޙްސާސް ވެގެންނެވެ. އަރްސަލްގެ މޫނުގެ ދެފަރާތުން ހިފަހައްޓާލައިގެން އިން ނިމްރާގެ އަތްތިލައިގައި އޭނާ އަތްޖައްސާލަމުން ހަތަރުކަޅި ހަމަކޮށްލިއެވެ. ނިމްރާ ލުއި ހިނިތުންވުމެއް ބަދަލުކޮށްލީ އެވަގުތުއެވެ.
"އަހަރެން މި އައީ ހަލަފްއާއެއްކޮށް ނުދާނަންކަން ބުނަންވެގެން. އަރްސަލް ނުރުހޭކަމެއް އަހަރެން ނުކުރާނަމޭ ހަލަފް ގާތު ބުނިން... އިޓްސް ދި ޓްރުތް... އަހަރެން ނުދާނަން" ނިމްރާގެ ވާހަކަތައް އިވުމާއެކު އަރްސަލްއަށް ހިނިތުންވެވިއްޖެއެވެ.
"އަހަރެން ނުރުހޭކަމެއް ސްކާލެޓް ނުކުރާނަންތަ؟... ޕްރޮމިސް މީ" އަރްސަލް އަހާލީ އިވުނު އެއްޗެއް ޔަގީން ކުރަން ބޭނުންވެފައި ހުރި މީހަކު ފަދައިންނެވެ. ނިމްރާ އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.
"އޯ ސްކާލެޓް!... ޔޫ ޓްރޫލީ އާ މައިން" އަރްސަލްއަށް ބަޔާންކުރަން ދަތި އުފާވެރިކަމެއް ކުއްލިއަކަށް ލިބުނު ކަހަލައެވެ. އެއްވެސް ސުވާލުކުރުމެއްނެތި އަރްސަލްގެ ހިތްހަމަޖައްސައިދިނުމަށް ހަލަފްއަށް ނޫނެކޭ ނިމްރާ ބުނުމުން އަރްސަލް ވަރަށް ބޮޑަށް ހިތްހަމަޖެހުނެވެ. އޭނާއަށް މި އައި ބަދަލެއް ނިމްރާއަށް ވިސްނައިގަންނަން ނޭނގިފައި އިންދާ ކުއްލިއަކަށް އޭނާގެ ގައިގާ އަރްސަލް އޮޅުލައިގަތުމާއެކު އެނދުމައްޗަށް ވެއްޓިގަތެވެ.
"ވަޓް އާ ޔޫ ޑުއިން... ލެޓް މީ ގޯ" އަރްސަލްގެ ގައިމަތީ އޭނާގެ އެ ބާރުގަދަ ދެއަތުގެ ތެރޭ ހައްޔަރުވެފައި އޮތް ނިމްރާ ބުނެލިއެވެ. އަދި ސަލާމަތްވާންވެގެން ދެއަތަކަށް ޖެހިލަން އުޅެ ވެސް އެކަން ވެސް ކާމިޔާބުވާގޮތެއްނުވިއެވެ.
"ޔޫ ކޭން ޓްރަސްޓް މީ" އަރްސަލް މަޑުމަޑުން ބުނެލިއެވެ. ނަމަވެސް އެ އަޑު ނިމްރާ ނޭހިއެވެ. އެއަށްވުރެ އަރްސަލްގެ ހަށިގަނޑުގެ މައްޗަށް ނިމްރާގެ ހަށިގަނޑުގެ ބަރު ދޫކޮށްލަން ޖެހުމުން އެކަމާ އޭނާ އޮތީ އުނދަގޫވެފައެވެ. ތެދުވަން ކުރެވެން އޮތް ކަމެއްވިއްޔާ ކުރަމުން ދިޔައެވެ.
"ބޭބީ ސްޓޮޕް ކިކިން އެންޑް ރިގްލިން... ޔޫ އާ ވޭކިން ދި ލިޓްލް މޮންސްޓަރ" ހެމުން ހެމުން އަރްސަލް ބުނެލިއެވެ. ކުޑައިރުކޮޅެއް ކުރީން ރުޅި އައިސްފައި ހުރި މީހަކުހެން މިހާރު އޭނާ ހީނުވެއެވެ. އަރްސަލް ބުނި އެއްޗެއް ނިމްރާއަށް ފަހުމް ނުވާކަން އެ ލޮލުގައިވި ހައިރާންކަން ރަމްޒުކޮށްދެއެވެ. އަދި އަރްސަލްގެ ދެއަތް ނައްޓާލަން ތެޅި ފޮޅެމުންދިޔައެވެ.
"މައި އިނެސެންޓް ސްކާލެޓް" އަރްސަލް ވައި އަޑުން ބުނެލިއެވެ. އަދި ބޯ ހިއްލާލާ ނިމްރާގެ ކަންފަތް ދޮށުގައި ސިއްރެއް ބުންޏެވެ. ހަމަ އެހިނދު ނިމްރާގެ ހަށިގަނޑު ހަރުކަށިވެލިއެވެ. ހަރަކާތެއް ވެސް ކޮށްނުލާ އޭނާ ހުއްޓުން އަރާފައި އޮތެވެ. ނިމްރާގެ ހަރަކާތްތަކަށް އައި ބަދަލުން އަރްސަލް ބުނަން ބޭނުންވި އެއްޗެއް މިފަހަރު ނިމްރާއަށް ސާފުވެއްޖެކަން ޔަގީންވިއެވެ. އެކަން އެނގި އަރްސަލް ފެށީ ހޭށެވެ. ނިމްރާ ލަދުގަތީކަން އޭނާގެ މޫނަށް އަރަމުންދިޔަ ޖަންބުކުލައިން އަރްސަލްއަށް އެނގުނެވެ. ނިމްރާއާއެކު އަރްސަލް މަޑުމަޑުން ފުރޮޅިލިއެވެ. އެއާއެކު ނިމްރާގެ ބުރަކަށި މަޑުތަންމަތީގައި ޖެހުނެވެ. އަރްސަލް އެއްއަތުގެ ބާރުގައި ހަށިގަނޑު ކުޑަކޮށް ހިއްލާލައިގެން އޮތްއިރު އަނެއްއަތުން ނިމްރާގެ ކޯތާފަތުގައި ފިރުމާލިއެވެ. އެ ދެ ލޮލުގައިވި އަސަރުތައް ނިމްރާގެ ހިތް އަވަސްކުރުވަމުންދިޔައެވެ. ކެތްކުރަން ދަތިވުމުން ނިމްރާގެ މިނިވަންވެފައިވި ދެއަތުން ކުރެ ވައަތް ހިއްލާލާ ލޯ މަތީ އަތް ބާއްވާލީ އަރްސަލްއަށް އެ ލޯ ފޮރުވާލުމަށެވެ. އިރުކޮޅެއް ކުރިން ސަލާމަތްވާން ތެޅިފޮޅުނު ނިމްރާ މިހާރު އޮތީ ހަރަކާތެއްކޮށްލަން ވެސް ނުކެރިފައެވެ. ހިތުގެ ހިނގުން އަވަސްވަމުންދިޔަ ވަރަކަށް އަރްސަލްއަށް ބޭނުންވަމުން ދިޔައެވެ. އެ ލޮލުގައިވި އަސަރުތައް އަރްސަލްއަށް ފެނި ނަފްސު ބޭޒާރުވެދާނޭ ނިމްރާއަށް ހީވީއެވެ. ނިމްރާގެ ނޭވާއަށް ބަދަލު އައިއިރު އޭނާގެ މޫނާއި ކަނދުރާއާ ދިމާއާށް އެޅެމުންދިޔަ އަރްސަލްގެ ނޭވާއަށް ވެސް ބަދަލުތަކެއް ވަނީ އައިސްފައެވެ. އަރްސަލްގެ މޫނުގައިވި އަސަރުތައް ނިމްރާއަށް ނުފެނުނު ކަމުގައިވިޔަސް އޭނާގެ ބީހުންތައް އިޙްސާސް ކުރެވެމުންދިޔައެވެ. އަރްސަލްގެ ކުދިކުދި ބޮސްދިނުންތަކުން ނިމްރާގެ އިޙްސާސްތައް ފުންވަމުންއައެވެ. އަރްސަލްގެ ތުންފަތުގެ މަސްތުކަން ލިބިގެން ދިޔަ ހިނދު ބޭއިޚްތިޔާރުގައި ނިމްރާއަށް ލޯ މަތިން އަތް ހިއްލާލެވިއްޖެއެވެ. އަދި އަރްސަލްގެ ކަނދުރާގައި ދެއަތްއަޅުވާލާ ގާތަށް ދަމާލިއެވެ. ނިމްރާ އިޖާބަދިނުމުން އަރްސަލްގެ ތުންފަތް ހިނިތުންވުމަކަށް ދެމިލިއެވެ. އަރްސަލްގެ އަތުގެތެރެއަށް އޭނާގެ ބީހުންތަކަށް މަރުޚަބާ ކިޔަމުން ޖަޒުބާތުތަކާއި ހަށިގަނޑުގެ އެދުންތަކުން ބެހެމުންދިޔަ ނިމްރާއަށް ސިހުން ގެނުވީ ފުންމައިގެން އަރްސަލް ތެދުވުމުންނެވެ. ނިމްރާ ވެސް ތެދުވެ އެނދުގެ އަރިމަތީގައި އިށީނދެ ގަމީސް ރީތިކޮށްލިވެ.
"ޝިޓް... އާރގް..." އެނދުގައި އިން ނިމްރާއަށް ފުރަގަސްދީގެން ހުރެ އަރްސަލް މޫނުގައި ދެއަތް ހާކަމުން ބުނެލިއެވެ. އޭނާއަށް ވީގޮތެއް ނިމްރާއަކަށް ނޭނގުނެވެ. އެހެންނަމަވެސް އަރްސަލް އުޅެން ފެށިގޮތުން އޭނާ ހާސްވިއެވެ.
"ސޮރީ... އައި ޝުޑް ގޯ" ނިމްރާ ތެދުވީ އެ ކޮޓަރިން ނުކުންނާށެވެ. އަރްސަލް ބޭނުންނޫންކަމެއް ކުރެވުނީކަމުގައި ނިމްރާއަށް ހީވީއެވެ. ނަމަވެސް ނިމްރާގެ އަތުގައި އަރްސަލް ހިފެހެއްޓުމާއެކު ގާތަށް ދަމާލިއެވެ.
"ޑޯންޓް ބީ ސޮރީ... އައި އޭމް ނޮޓް. އިޓްސް ޖަސްޓް ދެޓް އައި ހޭވް ޓު ސްޓޮޕް އަސް... ސްޓޮޕް މީ... ސްކާލެޓް! ލުކް އެޓް މީ... މިހާރު ދުރަށް ނުގޮސްފިއްޔާ އެނގެއެއްނު ވާނޭ ގޮތް. އަހަންނަށް އަހަރެންގެ އަމިއްލަ ނަފްސެއް ނުހުއްޓުވޭނެ" ނިމްރާގެ އުނަގަނޑުގައި އެއްއަތުން ހިފަހައްޓާލައިގެން ހުރެ އަނެއްއަތުން ނިމްރާގެ ދަތްދޮޅީގައި އަރްސަލް ހިފަހައްޓާލިއެވެ. ހަޤީޤަތް އެނގުމުން ނިމްރާއަށް އަރްސަލް ބުނި އެއްޗެއް ޤަބޫލުކުރެވުނެވެ. އަރްސަލް ދުރަށް ނުދިޔަނަމަ ޚުދު ނިމްރާއަށް ވެސް އޭނާގެ އަމިއްލަ ނަފްސު ނުހުއްޓުވުނީހެވެ.
"ވެލް! ޔޫ... ކިސް... މީ ބެކް" ނިމްރާގެ ބޮލުގައި ބޯޖައްސާލަމުން އަރްސަލް ވައިއަޑުން ބުނެލިއެވެ. އަރްސަލްގެ ހިނިތުންވުން ފުޅާވެގެން ދިޔަކަން ނިމްރާއަށް އެނގުނެވެ. އޭނާއަށް ދޭނޭ ޖަވާބެއް ނިމްރާގެ އަތަކު ނެތެވެ. ކުރެވުނުހާ ވެސް ކަމަކީ ރަކި ހިނިތުންވުމަކާއެކު އިސްޖަހާލުމެވެ.
"އާނާ އައިސް ނުވަންނަނީސް ހިނގާ ނުކުންނަން" ނިމްރާގެ ނިތްކުރީގައި ބޮސްދެމުން އަރްސަލް ބުނެލިއެވެ. އަދި ކޮޓަރީގެ ދޮރުހުޅުވާލަން އައެވެ.
* * * * *
ހޮނިހިރު ދުވަހުގެ ރޭ ޝިހާނާ ގޮވައިގެން ހަލަފް އެނބުރި ދިޔައެވެ. ޝިހާނާއާއި ރާދިން ވެގެން އަރްސަލްއާ ދެއްކި ވާހަކަތައް ނިމްރާއަށް ވެސް އިވުނެވެ. އޭނާ ސުވާލު އުފެދިފައިވަނީ އަރްސަލް އޭނާގެ ބައްޕަގެ ގާތަށް ދާން ބޭނުންނުވާ ސަބަބަކާމެދުއެވެ. ހަލަފްގެ މަންމައަކީ އަރްސަލްގެ މަންމަ ނޫންކަން ނިމްރާއަށް އެނގުނީ ޝިހާނާގެ ފަރާތުންނެވެ. އަރްސަލްއަށް ވިސްނައިދިނުމަށް ނިމްރާގެ ގާތުން ޝިހާނާ އެދުނެވެ. އެ މީހުންނަށް ނިމްރާގެ އަޑު އަރްސަލް އާހާނޭ ހީވާންވީ ކީއްވެކަމެއް ނިމްރާއަކަށް ނޭނގެއެވެ. އަރްސަލްއާއި އޭނާއާ ދެމެދު މިހާރު އޮތް ގުޅުމަށް ދޭނޭ ނަމެއް ޚުދު ނިމްރާއަކަށް ވެސް ނޭނގެއެވެ. އަރްސަލް ގަޔާވާކަން އެނގުނެއްކަމަކު އޭނާގެ ހިތުގައިވާ އެއްޗެއް ނޭނގެނީއެވެ.
އިރުއޮއްސި މަޣްރިބު ނަމާދަށް ގޮވާ ދިޔަފަހުން ރާދިން ކޮޓަރިން ނުކުތެވެ. އިސްތަށިގަނޑު ހުރީ އާންމުކޮށް އޭނާ ސްޓައިލްކުރާހެން މައްޗަށް އެއްފަރާތަކަށް ފުނާ އަޅާފައެވެ. ވައަތު މުލައްދަނޑީގައި ކަޅުކުލައިގެ ބްލޭޒާ އަޅުވާލައިފައި އޮތެވެ. ހުދާއި އަޅިކުލައިގެ ހުރަސް ރޮނގު ދެމި ޓީޝާޓުގެ ކުރިމަތިން ބައެއް ކަޅުކުލައިގެ ޖީންސުގެ އެތެރެއަށް ކޮއްޕާލައިފައި ހުއްޓެވެ.
"އަރްސަލް! ހަމަ ނުދާނަންތަ؟ ނިމް ގޮވައިގެން އަންނަންވީނު" އެޕާޓްމެންޓުން ނުކުތުމުގެ ކުރީން ރާދިން އަހާލިއެވެ.
"އަހަރެން ބުނެފީމެއްނު ނުދާނަމޭ... އެންޑް ޝީ އިޒް ނޮޓް ގޮއިން އައިދާ" އަރްސަލް ބުނެލިއެވެ. ރާދިން ބަލާލީ އެތަނުގައި އިން ނިމްރާއަށެވެ. މަޑުމަޑުން ދެފަރާތަށް ބޯހޫރާލާފައި ރާދިން ހިނގައިގަތީ އެޕާޓްމެންޓުން ނުކުންނާށެވެ.
"އަހަރެން ވާހަކައެއް އަހައިފިއްޔާ ރުޅި އަންނާނަންތަ؟" ރާދިން ނުކުމެގެން ދިއުމުން ނިމްރާ އެނބުރިލީ ސޯފާގެ އަނެއްކޮޅުގައި އިން އަރްސަލްއާ ދިމާއަށެވެ.
"އަހަރެން ދާން ބޭނުންނޫނީ... އެހެންވެ ނުދިޔައީ. އެކަމާ އެއްނު ސުވާލުކުރަން ތި އުޅެނީ" ހުޅުވާފައި ހުރި ޓީވީއާ ނަޒަރު ވަކިކޮއްލާ ނިމްރާއަށް އަރްސަލް ބަލާލިއެވެ.
"އެއީ ބައްޕައެއްނު... ދަރީންގެ މައްޗަށް ވެސް ޒިންމާތަކެއްވެއެއްނު. ބައްޕަ ދުށުމަކަށް އެއްފަހަރު ވެސް ހިތަކަށް ނާރާތަ؟ އެންމެން އާދޭސް ކުރުމުން ވެސް ތި ހިތަށް އެއްޗެއް ނޭރިތަ؟ އެ ބައްޕަ ތި ދަރިފުޅު ދުށުމަށް ބޭނުންވެފައި ހުރިވަރު ރާދުއާއި އާނާ ބުންޏެއްނު" ނިމްރާގެ ވާހަކަ މެދުކަނޑާލީ އަރްސަލްއެވެ.
"ޔޫ ޑޯންޓް ނޯ އެނީތިންގް" އަރްސަލް މަޑުމަޑުން ބުނެލިއެވެ. އެއާއެކު ނިމްރާ އިން ތަނުން ތެދުވެގެން އައިސް އަރްސަލްގެ ގާތުގައި އިށީނެވެ.
"އެހެންވީރު އަހަންނަށް ކިޔައިދީބަލަ... އަހަރެން އަޑު އަހާނަން. ޤަބޫލުކުރެވޭ އުޒުރެއްނަމަ އަހަރެން އަރްސަލްއާ ދެކޮޅެއް ނުހަދާނަން. ދުވަހަކުވެސް އަރްސަލްގެ މައިންބަފައިންނާ ގުޅުވައިގެން ވާހަކައެއް ވެސް ނުދައްކާނަން... ސޯ ޕްލީޒް... ވިލް ޔޫ ޓެލް މީ ވައި ޔޫ ހޭޓް ދެމް ސޯ މަޗް" އަރްސަލްގެ އަތުގައި ހިފާލަމުން ނިމްރާ ވާހަކަދެއްކިއެވެ. އޭނާއާ ދިމާއަށް އަރްސަލް އެނބުރިލައި ސޯފާއަށް އެއްފައި ނަގައި ރަނގަޅަށް ހަމަޖެހިލިއެވެ.
"ސްކާލެޓް! ކީއްވެތަ އެނގެން ބޭނުންވަނީ" އަރްސަލް ސުވާލުކުރީ ނިމްރާއަށް ބަލަން އިނދެއެވެ. އެހިނދު ނިމްރާ ފިނި ނޭވާއެއް ދޫކޮށްލަމުން އަރްސަލްގެ ލޮލާ ލޯ އަމާޒުކޮށްލިއެވެ.
"އަހަރެން ހިތަށް އަރާ އަހަރެންގެ ބައްޕަ ދުނިޔޭގައި ހުރި ނަމައޭ... މަންމަ ހުރި ނަމައޭ... މަންމާއޭ ގޮވާލާނޭ ފުރުޞަތު ވެސް އަހަންނަކަށް ނުލިބޭ... މަންމަގެ ސޫރަ ދުށުމުގެ ނަސީބު ވެސް ނުލިބުނު. ދުނިޔޭގައި މިހާރު ހުރި ކަމެއް، ނޫނީ މަރުވީ ކަމެއް ވެސް ނޭނގެ. މާމައާއި ކާފައާއެކީ އަހަރެން ބޮޑުވީ... އެމީހުންނަކީ އަހަރެންގެ މަންމައާއި ބައްޕައެއްނޫން. އެނގޭ އަހަރެންދެކެ އެމީހުން ވަރަށް ލޯބިވާކަން. އަހަރެން ބޭނުންވި ހުރިހާ ކަމެއް ފުރިހަމަކޮށްދިން. އެކަމަކު އަހަރެން އަބަދުވެސް ބޭނުންވީ އަހަރެންގެ މަންމައާއި ބައްޕަ. ބޮޑުވަމުން އައިއިރު އެހެންކުދީންހެން އަހަރެން ކަންކަން ޚިއްޞާ ކުރާނޭ މަންމައަކާއި ބައްޕައެއްނެތް. މާމައާއި ކާފަގެ އުމުރު ތަނެއްނުދޭ އަހަރެންގެ ހަޔާތުގައި ދިމާވާ ހުރަސްތައް ކިޔައިދޭކަށް. އެކަމާމެދު އަހަރެންގެ މަންމައާއި ބައްޕަ ވިސްނާލިނަމަ... މާމައާއި ކާފަގެ ގާތުގައި އަހަރެން ސުވާލުކުރިން... މަންމައާއި ބައްޕަ ވަކިވާން ޖެހުނު ސަބަބެއް އޮޅުން ފިލާތޯ. މާމަމެން ތިބީ މަންމަ ދެކެ ހިތްހަމަނުޖެހިފައި... އެމީހުންގެ ވާހަކައިން ގޯހީ މަންމަ. އަހަރެން އުފަންވީ ކައިވެންޏެއްގެ މައްޗަށް. ބައްޕަ ކައިވެނި ކުރީ މަންމަ ބޭނުންވެގެން. އެވަރު މާމަގެ ފަރާތުން އޮޅުންފިލި. އަހަރެން އުފަންވީ އެ ދެމީހުން ބޭނުންވެގެން. ދެން ކީއްވެ އަހަރެން ދޫކޮށްލާފައި ދާންވީ. ބައްޕަ ދަންޖެހިގެން މަރުވިއިރު އެ ބައްޕަގެ ހަނދާނެއް އަހަރެންގެ ސިކުނޑީގައި ރައްކާކުރެވިފައެއްނެތް. ކީއްވެތަ އަހަރެން ރައްކާތެރިކުރަންޖެހޭނެއޭ އެ ބައްޕަގެ ސިކުނޑިއަށް ނުވިސްނުނީ... ކިހިނެއް ބައްޕައާ ސުވާލުކުރާނީ ވިހާފައި އަހަރެން ދޫކޮށްލާފައި މަންމަ ދިޔައީ ކީއްވެތޯ... ކިހިނެއް އެ ބައްޕައާ ސުވާލުކުރާނީ އެ ބައްޕަގެ އަތުގައި އަހަރެން އޮތް އިރު ދަންޖެހި އަމިއްލަ ފުރާނަ ދުއްވާލަން ނިންމީ ކީއްވެތޯ؟ އެއްވެސް މީހަކަށް އަހަރެން މުހިންމެއްނުވި... ދުނިޔެއަށް އުފަންވި ވަގުތުން ފެށިގެން މިއަދާ ހަމައަށް. މިއަދު އިތުރަށް... އިތުރަށް އަހަރެން ސުވާލުކުރާނޭ މީހަކުނެތް.... ކާފައެއް މާމައެއްނެތް... އަހަރެން... މި ސުވާލުތައް... އަހަރެންގެ މަންމައާއި ބައްޕަ ހުރިނަމަ... އައި ރިއަލީ ރިއަލީ ވޯންޓް މައި ޕޭރެންޓްސް. ޔޫ އާ ލަކީ... އެޓްލީސްޓް ޔޫ ހޭވް ވަން. ކިތަންމެ ރުޅި އައި ނަމަވެސް ޔޫ ހޭވް އަ ބްރަދާ... ޔޫ ހޭވް ރާދު" ނިމްރާއަށް ވާހަކަދައްކަން އުނދަގޫވެ އިސްޖަހާލި އިރު އެ ދެ ލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް ކޯތާފަތުން ލާފައި ތިރިއަށް ފައިބަންފަށައިފިއެވެ. ނިމްރާގެ ދެ ލޮލުން ފާޅުވި އެކަނިވެރިކަން އަރްސަލްގެ ހިތަށް ބަރުދާސްތުކުރަން ދަތިވިއެވެ. މަޑުމަޑުން ނިމްރާ ގެނެސް އެ މޭގައި ފޮރުވާލިއެވެ.
"އެންޑް ޔޫ ހޭވް މީ" އަރްސަލް މަޑުމަޑުން ބުނެލިއެވެ.
"ސްކާލެޓް! އަހަރެން... އަހަރެންގެ މަންމަ ވެސް މަރުވީ ދަންޖެހިގެން" އަރްސަލް މިހެން ބުނެލުމާއެކު ނިމްރާއަށް ބަލާލެވުނީ ޤަބޫލުނުކުރެވިގެންނެވެ. އަރްސަލް ބޯޖަހާލާ ނިމްރާއަށް ޔަގީންކަން ދިނެވެ.
"ކީއްވެ؟ ބައްޕަގެ ސަބަބުންތަ؟" ނިމްރާއަށް އަހާލެވުނެވެ.
"ކީއްވެކަމެއް ބުނާކަށް ނޭނގެ. ބައްޕަގެ ކުށެއްނެތްނަމަ ގިލްޓީވާންވީ ކީއްވެ؟ މަންމަ ނިޔާވިތާ ގިނަދުވަހެއްނުވޭ ބައްޕަ ލަންކާއަށް ގޮސް އެތަނުގައި ހުރެ މީހަކާ އިނީ. އެހާ އަވަހަށް މީހަކާ އިނުމުގެ ބޭނުމަކީ ކޮބާ؟ މަންމަދެކެ ލޯބިވާނަމަ އެހެން ކަންތައް ކުރީސްތަ؟ އަހަންނަށް އެނގުނީ އެ އަންހެންމީހާ ގޮވައިގެން ބައްޕަ ގެއަށް އައިސް އެއީ ބައްޕަގެ ނިއު ވައިފްއޭ ބުނީމަ. ވައި ވުޑް ހީ ޑޫ ދެޓް... ބައްޕަ އެ އަންހެންމީހާއާ އެއްކޮށް ޗީޓު ކުރީ ކަން މަންމައަށް އެނގުނީކަމެއް ވެސް ނޭނގެ. ގިނަ ދުވަހެއްނުވެ ހަލަފް ފެމެލީއަށް އިތުރުވީ. ހީވީ މަންމަ މަތިން ބައްޕަ އެއްކޮށް ހަނދާންނައްތާލީހެން. ހީ ޖަސްޓް މޫވް އޮން ލައިކް ނަތިން ހެޕެން. މަންމައަކީ އެއްވެސް މުހިންމު މީހެއްނޫނޭ... މަންމައާއި ބައްޕަ ލޯބިން އެކުގައި އުޅުނުތަން އަހަރެން ދުށިން. ކިހިނެއް އަހަންނަށް އެ އަންހެންމީހާއަށް މަންމަގެ މަޤާމުދޭނީ. އަހަރެން ނުރުހުން ފާޅުކުރާއިރު ވެސް ބައްޕަ ހީވަނީ ގިލްޓީވެފައި ހުންނަ މީހަކުހެން... އަމިއްލައަށް ކުރެވުނު ކުށް ބުނަން ބޭނުންނުވަނީކަން އަހަންނަށް އެނގޭ... މަންމަގެ މަތިން ބައްޕަ ހަނދާންކުރަން ބޭނުންނުވާވަރު އަހަންނަށް އެނގުނު އަހަރެމެން ލަންކާއިން މާލެ ބަދަލުވިއިރު މުޅި ގެވެސް ބައްޕަ ހުރީ ބަދަލުކޮށްފަ. ކުރީގެ ގެ ތަޅާލާފައި އަލުން އާ ގޮތަކަށް އިމާރާތްކޮށް ނިންމާފައި ހުރީ" އަރްސަލްއަށް ދަތްކުނޑިވިކާލެވުނެވެ. އޭނާއަށް އެ ވާހަކަތަކުން ކުރަމުންދިޔަ އަސަރު ނިމްރާގެ ގައިގާ ހިފަހައްޓާލައިގެން އިން ދެއަތަށް ލަމުންދިޔަ ބާރުން އެނގުނެވެ.
"އަރްސަލް އެއްފަހަރު ވެސް ތި ހުރިހާ ކަމަކާ ބެހޭ ގޮތުން ސުވާލުކުރިންތަ ބައްޕައާ" ނިމްރާ އަހާލިއެވެ.
"ވައި ޝުޑް އައި... އޭނާގެ މޫނުމަތިންނާއި އޭނާ ކުރި ހުރިހާ ކަމަކުން އަހަންނަށް ހަޤީޤަތް އެނގޭއިރު. އޯލް އައި ސީ އިސް ގިލްޓް" އަރްސަލްއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ.
"ތީ ހަޤީޤަތެއްނޫން... ބައްޕަގެ ކުރިމައްޗަށް އަރާ ތި ހުރިހާ ކަމަކާ ސުވާލުކުރުމުން ލިބޭ ޖަވާބު ތަފާތުވެދާނެ. ފެންނަ ހުރިހާ ކަމަކާއި އިވޭ ހުރިހާ އަޑަކީ ހަޤީޤަތެއްނޫނޭ ބުނެއެއްނު. ޔޫ ޝުޑް އާސްކް ހިމް... ޑައިރެކްޓްލީ... ފޭސް ޓު ފޭސް... އަހަންނަށް އަހަރެންގެ މަންމައާއި ބައްޕަގެ ހަޤީޤަތް އޮޅުންފިލުވާނޭ ފުރުޞަތެއް ނުލިބުނު... ޔޫ މަސްޓް އާސްކް ހިމް ބިފޯ އިޓްސް ޓޫ ލޭޓް. ބައްޕަ ކަމެއް ސިއްރު ކުރާނަމަވެސް އޭރުން އެނގޭނެ. މާނައެއްނެތް ނަފުރަތުކަމެއް ހިތުގައި އަނދަން ފުރުޞަތު ނުދީ ހަޤީޤަތް ހޯދަން މަސައްކަތް ކުރޭ. މިހާރު ތީ އޭރު ގޮތް ހުސްފައި ހުރި ކުޑަކުއްޖާއެއްނޫން. މަންމަގެ މަރުގެ ފަހަތުގައިވި ހަޤީޤަތް ކިޔައިދިނުމަށް ބައްޕަ ގާތު ބުނޭ. އެހާ އަވަހަށް ކައިވެންޏެއްކޮށް މަންމަގެ ހަނދާންތަކާ ދުރުވަން ބައްޕަ މަސައްކަތް ކުރީ ކީއްވެތޯ ސުވާލުކުރޭ. އަރްސަލް!... ހަޤީޤަތް ވެދާނެ ހީނުކުރާވަރުގެ ކަމަކަށް ވެސް. ބައްޕަގެ ކުށެއްނެތްކަން އެނގިއްޖެނަމަ އެ ބައްޕައަށް މަޢާފުކުރާނަންތަ؟ ބައްޕައަށް ތި ދިރިއުޅުމުން ފުރުޞަތު ދޭނަންތަ؟ ހީ އިޒް ޔޯ ފާދާ" ނިމްރާ ވާހަކަދައްކަމުން ދިޔައިރު އަރްސަލްގެ މޭގައި ފިރުމަމުން ދިޔައެވެ. އެ އަތުގައި އަރްސަލް ހިފާލަމުން ގެނެސް ބޮސްދިނެވެ. (ނުނިމޭ)