ދުނިޔެ

މަޝްހޫރު ޝެފް އެންތަނީ ބޯޑެއިން މަރުވެއްޖެ

ސީއެންއެން އިން 2013 ވަނަ އަހަރުން ފެށިގެން ދައްކަމުން އަންނަ ޕްރޮގްރާމް " ޕާޓްސް އަންނޮއުން" ހުށަހަޅައިދޭ މަޝްހޫރު ޝެފް އަދި ލިއުންތެެރިޔާ އެންތަނީ ބޯޑެއިން މަރުވީ އިއްޔެގެ ވަގުތެއްގައި ފްރާންސްގެ ސްޓްރެސްބާގްގައިވާ ހޮޓަލެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު ބޯޑެއިން މަރުވީ ބެލެވޭ ގޮތުގައި އަމިއްލައަށެވެ. މަރުވި އިރު އޭނާގެ އުމުރަކީ 61 އަހަރެވެ.

ސީއެންއެން ބުނީ ބޯޑެއިން މަރުވުމުން އޭނާއަށް ތާއީދުކުރާ މީހުން އޭނާ އެ ރެސްޓޯރެންޓަކުން މަޝްހޫރުވި ރެސްޓޯރެންޓް ހަނދާނީ ބިނާއަކަށް ބަދަލުކޮށްލާފައިވާ ކަމަށެވެ. އެމެރިކާގެ ނިއުޔޯކްސިޓީގައިވާ ބްރެސެރީ ލެއާލް ނަމަކަށް ކިޔާ ރެސްޓޯރެންޓުގެ ބޭރުގައި ގިނަ އަދަދެއްްގެ މަލާއި ނޯޓުތައް ބަހައްޓާފައިވާ ކަމަށެވެ. ބޯޑެއިންގެ ފޮޓޯތަކާއި އެކު ލިޔެފައިވާ ނޯޓުތަކުގެ އިތުރުން އެމީހުން ބެހެއްޓީ އަމިއްލައަށް މަރުވުމުން މީހުން ސަލާމަތްކުރުމަށް ގުޅަންވީ ހޮޓްލައިން ނަމްބަރުތަކެވެ.

ބޯޑެއިން މަރުވުމުން އެކަމާ އެންމެ ހިތާމަކުރާނެ އެއްް ބަޔަކީ ފަަލަސްތީނު މީހުންނެވެ. އެމީހުންނަށް އެ ގެއްލުނީ ނުފޫޒު ގަދަ މީޑިއާ އޯގަނައިޒޭޝަނެއްގައި ހުރި އެމީހުންގެ އެކުވެރިއެކެވެ. އާއްމުކޮށް ފަލަސްތީނު މީހުންނާ އެއްކޮޅު ރިޕޯޓެއް ނާންނަ ސީއެންއެން އިން ޣައްޒާއާއި ގުދުސްގައި އުޅޭ ފަލަސްތީނުމީހުންގެ ވާހަކަތައް އޭނާ ގެނެސްދިނެވެ.

ޣައްޒާއާއި ގުދުސްގައި ދިރިއުޅޭ ފަލަސްތީނު މީހުންގެ ވާހަކަ ގެނެސްދިނީ ވެސް " ޕާޓްސް އަންނޮއުން" ޝޯގައެވެ.