ވިޔަފާރި

ގްރީން ޓެކުހުގެ އާމްދަނީ 22 ޕަސެންޓް އިތުރުވެއްޖެ

Jun 10, 2018
1

ގްރީން ޓެކުހުން ދައުލަތަށް ލިބުނު އާމްދަނީ މި އަހަރުގެ މިހާތަނަށް 22 ޕަސެންޓް އިތުރުވެފައިވާ ކަމަށް ދައުލަތުގެ ޓެކްސް އިދާރާގެ ހިސާބުތަކުން ދައްކައިފި އެވެ.

ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލެޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖެނުއަރީން މެއި މަހުގެ ނިޔަލަށް ގްރީން ޓެކުހުން އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 395 މިލިއަން ރުފިޔާ އެވެ. މިއަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވާ ނަމަވެސް މިދިޔަ އަހަރު ލިބިފައިވަނީ 321 މިލިއަން ރުފިޔާ އެވެ.

ދައުލަތައް ބިލިއަނެއްހާ ރުފިޔާ ހޯދަން އަމާޒުކޮށް ގްރީންޓެކްސް ނަގަން ފަށާފައިވަނީ 2015 ވަނަ އަހަރު އެވެ.

ގްރީން ޓެކްސް ނަގަނީ ޓޫރިސްޓް ރިޒޯޓްތަކާއި ޓޫރިސްޓް ހޮޓާތަކާއި ޓޫރިސްޓް އުޅަނދުތަކުގައި ތިބޭ ޓޫރިސްޓުންގެ އަތުންނެވެ. މި ޓެކްސް ނަގަނީ ދުވާލަކަށް ހަ އެމެރިކާ ޑޮލަރުގެ ރޭޓުންނެވެ. އަދި ގެސްޓްހައުސްތަކުން ގްރީން ޓެކުހުގެ ގޮތުގައި ދައްކަން ޖެހެނީ ޓޫރިސްޓެއްގެ ބޮލަކަށް ތިން ޑޮލަރެވެ.