ފިނިޕޭޖް

ހުކުރުގައި ޝުވެކް: "އިންކްރެޑިބަލްސް 2" އާއި "ރޭސް 3"

Jun 10, 2018

ވޯލްޓް ޑިޒްނީ ޕިކްޗާސް އިން ގެނެސްދޭ އެނިމޭޓެޑް ފިލްމު "އިންކްރެޑިބަލަސް 2" އާއި ސަލްމާން ޚާންގެ ފިލްމު "ރޭސް 3" އަންނަ ހުކުރު ދުވަހު ޝުވެކް ސިނަމާގައި ޕްރިމިއާ ކުރާނެ އެވެ.

ޝުވެކްގައި ދެއްކުމަށް ހަމަޖެހިފައިވާ މި ފިލްމުގެ ޝޯތަކުގެ ޓިކެޓް ބުކްކުރުމާއި ޓިކެޓް ވިއްކުން މާދަމާ ފަށާނެ އެވެ. މާލެ އާއި ހުޅުމާލެ ޝުވެކްގައިވެސް މި ފިލްމު ދައްކާނެ އެވެ.

"އިންކްރެޑިބަލަސް 2" ކަކީ ހުސް ސުޕަހީރޯއިން އުޅޭ އާއިލާއެއްގެ މެމްބަރުންނަށް ދިމާވާ ތަފާތު ކަންކަން ދައްކުވައިދޭ ފިލްމެކެވެ. މި ފިލްމަކީ މިހާރު އެންމެ އިންތިޒާރުކުރެވޭ އެއް ފިލްމަށް ވާނެ އެވެ. އެއީ މި ފިލްމު މި ނިކުންނަނީ މީގެ ފުރަތަމަ ފިލްމު ނިކުތްތާ 14 އަހަރަށްފަހުން ކަމަށްވާތީ އެވެ.

"އިންކްރެޑިބަލްސް 2" ގެ ޓްރެއިލާ.

ފުރަތަމަ ފިލްމާ ހިލާފަށް މި ފިލްމުގައި ލީޑު ނަގާނީ މިސްޓާ އިންކްރެޑިބަލްސްގެ އަންހެނުން އިލާސްޓިގާލް އެވެ. މިސްޓާ އިންކްރެޑިބަލްއަށް މިފަހަރު ޖެހޭނީ ކުދިން ބަލަން ގޭގައި ހުންނާށެވެ.

"ރޭސް 3" ނަކީ މިއަހަރު ފިތުރު ޢިދާ ދިމާކޮށް ސަލްމާން ރިލީޒްކުރާ ފިލްމެވެ. ކޮންމެ އަހަރަކު ފިތުރު ޢީދުގައި ސަލްމާން ފިލްމެއް ރިލީޒްކުރެ އެވެ. ކްރައިމް ތްރިލާ މި ފިލްމަކީ އާއިލާއެއްގެ ތެރޭގައި ޖެހޭ މައްސަލަތަކެއް ސަބަބުން އެމީހުން ހިންގާ ޖަރީމާތަކެއް ދައްކުވައިދޭ ފިލްމެކެވެ.

"ރޭސް 3" ގެ ޓްރެއިލާ.

ރެމޯ ޑި ސޫޒާ ޑައިރެކްޓުކުރާ މި ފިލްމުގައި މުހިންމު ރޯލުތަކުން ސަލްމާންއާއެކު ފެނިގެންދާނީ ޖެކޮލިން ފެނާންޑޭޒް، ބޮބީ ޑިއޯލް، ޑެއިޒީ ޝާގް، ސާގިބް ސަލީމް އަދި ފްރެޑީ ދާރޫވާލާ އެވެ.