ހަބަރު

އެޗްއާރްސީއެމުން އަދީބާ ބައްދަކޮށްފި

ކުށް ސާބިތުވެ ޖަލުގައި ހުންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުއާ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބައްދަލުކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި އެޗްއާރްސީއެމް އިން އަދީބްއާ ބައްދަލުކޮށްފައި ވަނީ އޭނާގެ ފަރާތުން އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތަކާ ގުޅޭ ގޮތުން ސުވާލު ކުރާށެވެ. އޭގެ އިތުރު އެއްވެސް ތަފުސީލެއް ސާފެއް ނުވެއެވެ.

އެޗްއާރްސީއެމްގެ އޮފިޝަލަކު "އަވަސް" އަށް ވިދާޅުވީ މިހާރު ބަލަމުންދާ މައްސަލަތަކާ ގުޅޭ ގޮތުން ސުވާލުކޮށް ބައްދަލު ކުރަން ޖެހޭ ފަރާތްތަކާ ބައްދަލު ކުރަމުން އަންނަ ކަމަށެވެ. އެ އޮފިޝަލު ވެސް އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

އެޗްއާރްސީއެމް އަށް އަދީބު ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ވަކީލު ބައްދަލުވުންތައް ނުލިބޭ މައްސަލަ ހިމެނެ އެވެ. އޭގެ އިތުރުން އޭނާގެ ލޮލަށް ޖެހިފައިވާ ބައްޔަށް ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވައި ނުދޭ މައްސަލަ ވެސް ހިމެނެ އެވެ.