ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ހިއުމަން ރައިޓް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އަށް ހާޒިރުވުމަށް އަންގައިފިއެވެ.
އަބްދުﷲ މުނާޒް އެޗްއާރްސީއެމް އަށް ހާޒިރުވުމަށް އަންގާފައިވާއިރު، އެޗްއާރްސީއެމްގެ އަހަރީ ރިޕޯޓްގައި ވާގޮތުން އެކޮމިޝަނަށްް އެންމެ ގިނައިން ހުށަހެޅިފައިވަނީ ގައިދީންންގެ ހައްގުތަކާއި ގުޅޭ މައްސަލަ އެވެ. އެގޮތުން ގައިދީންނާ ގުޅޭ 76 މައްސަލަ އެއް 2018 ވަނަ އަހަރު އެޗްއާރްސީއެމް އަށް ވަނީ ހުށަހެޅިފަ އެވެ.
މޯލްޑިވްސް ކަރެކްޝަން ސާވިސް އިން ބުނީ އަބްދުﷲ މުނާޒް އެޗްއާރްސީއެމް ހާޒިރުވުމަށް އަންގާފައިވަނީ އެކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ. އިތުރު ތަފްސީލެއް ދީފައެއް ނުވެ އެވެ.
ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ކަރެކްޝަން ސާވިސްއިން އަދީބް ބޭސްފަރުވާގެ ހައްގުން މަހްރޫމް ކުރަމުންދާ ކަމަށް ބުނެ އަދީބް ނިސްބަތްވާ ޕާޓީން އިންވެސް ވަނީ އެޗްއާރްސީއެމް މައްސަލަ ހުށަހަޅައިފަ އެވެ. ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ ވަރަށް ފަހުން އެޗްއާރްސީއެމްގެ ރައީސް އާއި ބައްދަލުކޮށްފަ އެވެ.