މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް ޕާޓީ

އަދީބާ މެދު އިހުމާލުވާ ފަރާތްތަކުގެ މައްސަލަ މަޖިލީހަށް ވައްދަނީ

ކުރީގެ ނައިބު ރައީސް އަހްމަދް އަދީބުގެ ބޭސް ފަރުވާގެ ކަންތައްތަކުގައި އިހުމާލު ވެފައިވާ ފަރާތްތަށް ޖަވާބުދާރީ ކުރުވުމުގެ ގޮތުން މަޖިލިސް އަށް މައްސަލަތް ވައްދާނެ ކަމަށް ވެލިދޫ ދާއިރާގެ މެމްބަރު ޔާމީން ރަޝީދު ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ތާޑްވޭ ޑިމްކޮރްޓިކްސް ޕާޓީ، އެމްޓީޑީ އިން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔާމީން ވިދާޅުވީ، އަދީބު ގޭގައި ހުއްޓަ އަލުން ޖަލަށް ގެންދިޔައީ ޑޮކްޓަރުގެ އިރުޝާދާ ހިލާފަތް ކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ އެންޓި ޓޯޗާ ގާނޫނު ތަކުގައި ވަރަށް ސާފުކޮށް ބުނެފައިވާ ކަމަށް، ރާއްޖޭގެ އެއްވެސް ޖަލެއްގައި ހުންނަށް ކުށްވެރިޔަކާމެދު ބޭސް ފަރުވާގެ ކަންތައްތަކުގައި ޑޮކްޓަރުގެ އިރުޝާދާ ހިލާފަތް އަމަލު ކުރުން އެއީ ކޮށްގެންވާނެ ކަމަށް ނޫން ކަމަށެވެ. އަދި މައްސަލައިގައި ހިއުމަން ރައިޓިސް ކޮމިޝަން، އެޗްއާރްސީއެމް އިން ވަކި ގޮތަކަށް ބުނެ އަދި ޑޮކްޓަރުން ވެސް ބުނެފައިވާއިރު ހޯމް މިނިސްޓިރީން ނުވަތް ކަރެކްޝަން ސާވިސް އިން އަދީބް އަބުރާ ޖަލަށް ގެންދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑު މަޖިލިސް މެމްބަރެއްގެ ހައިސިއްޔަތުން މި މިމައްސަލަތް ރައްޔިތުންގެ މަޖިލިސް ފެށުނުހާ އަވަހަކަށް ވައްދާނަން، ސުވާލުކުރާ ޖެހޭ މިނިސްޓަރުންނާ މަޖިލިސްގައި ސުވާލުކުރުމަތް ފަސް ނުޖެހޭނަން، ޒިންމާދާރު ކުރުވަންޖެހޭ ފަރާތްތަށް ޒިންމާދާރު ކުރުވުމަށް މަޖިލިސް ތެރެއިން ކޮމިޓީ އުފައްދާ ޒިންމާދާރު ކުރުވާނަން" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާލުވީ، މިމައްސަލައިގައި އެމްޓީޑީ ގެ ފަރާތުން މަޑުން ނުތިބޭނެ ކަމަށާއި، އެމްޓީޑީ މި އުޅެނީ އަދާލަތު ޕާޓީ އަށް ވުރެ މަދުން ނުވަތަ ގިނައިން މެމްބަރު ލިބިގެން ނޫން ކަމަށެވެ. އޭނާ ވިދާޅުވީ، ބައެއް ސިޔާސީ ފަރާތްތަކުން އަދީބު ދެކެ ބިރުގަންނަ ކަމަށެ، އެފަރާތްތަށް އަދީބު ދެކެ ބިރުގަތްނަށް ޖެހޭ ސަބަބެއް ނޯންނާނެ ކަމަށް ޔާމީން ވިދާޅުވި އެވެ. އަދީބަކީ އެނާ ސިޔާސީ މައިދާނުގައި މިނިވަންކަމާއެކު ހުރި ދުވަސް ވަރު ޒުވާނުންގެ ޝަކުވާތަކަށް ހައްލު ހޯދައި ދިނުމުގެ ސަބަބުން ތާއިދު އޮންނަށް ބޭފުޅެއް ކަމަށެވެ.

ޔާމީން އިތުރަށް ވިދާޅުވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށްވުރެ ބޮނޑަށް އަދީބް މަޝްހޫރުވުމަކީ އަދީބުގެ ކުށެއް ނޫން ކަމަށެވެ. ދިވެހި ޒުވާނުން އަދި އެހެނިހެން އުމުރު ފުރައިގެ މީހުން އަދީބް އަށް ތާއިދު ކުރަނީ ތަރައްގީއަށް ކޮށްދެއްވި ކަންތައްތަކުގެ ސަބަބުން ކަމަށެވެ. ވީމާ އިމްރާނަށް ތާއިދު އިތުރަން ކުރަން ބޭނުން ވާނަމަ އަދީބުގެެ މައްސަލަތް ގާނުނީ އިމުގެ އެތެރެއިން ގެންދިޔުމަށް ޔާމީން ވަނީ ގޮވާލާފަ އެވެ.