އިމްރާން އަބްދުﷲ

ހޯމް މިނިސްޓަރު އިމްރާން މާލޭ ޖަލު ބައްލަވާލައްވައިފި

Sep 25, 2019
1

ހާލަތު ބައްލަވައިލެވުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު މާލޭ ޖަލަށް ޒިޔާރަތް ކުރައްވައިފި އެވެ.

މިނިސްޓަރު މާލޭ ޖަލަށް ކުރެއްވި ޒިޔާރަތުގައި ޖަލު ގޮޅިތަކަށް ވަޑައިގެން ގޮޅިތަކުގެ ހާލަތު ބައްލަވާ ރަނގަޅުކޮށް، ޖާގަ އިތުރު ކުރަން ކުރެވެން ހުރި ކަންކަން ދެނެގަނެ މައުލޫމާތު ހޯއްދެވި އެވެ. އަދި ބައެއް ގައއިދީންނާއި، ވާހަކަފުޅު ދައްކަވާ އެ މީހުންގެ ކަންބޮޑުވުންތަކާއި ޖަލުތަކުގެ ހާލަތު ރަނގަޅު ކުރައްވާނެ ކަމުގެ ޔަގާންކަން ދެއްވިއެވެ.

އިމްރާން މިއަދު މާލޭ ޖަލަށް ވަޑައިގެންނެވި އިރު 48 ގަޑިއިރުގެ ތެރޭގައި މާލޭ ޖަލު އެނެކްސް -- ރިމާންޑު ޖަލު ގައި ތިބި ގައިދީންނާއި ބަންދުގައި ތިބި މީހުން ރައްކާތެރި ތަނަކަށް ބަދަލުކޮށް، ޖަލު ބަންދު ކުރަން އެޗްއާރްސީއެމުން ވަނީ ކަރެކްޝަނަށް އިއްޔެ އަންގާފަ އެވެ.

ނަމަވެސް ކަރެކްޝަނަލް ސާވިސް އިން ކޮމިޝަނާ އޮފް ޕްރިޒަން އަބްދުﷲ މުނާޒު ވިދާޅުވީ އެޗްއާރްސީއެމުން މަސައްކަތް ކުރަނީ ކަމުގެ ހަގީގަތް އޮޅުވާލަން ކަމަށެވެ. އަދި އެޗްއާރުސީއެމުން ފާހަގަ ކޮށްފައިވާ ތާރީޚުގައި، ބައެއް ގައިދީން މާލޭޖަލު އެނެކްސް -- ރިމާންޑު ޖަލު ގައި ބައިތިއްބާފައި ވަނީ ކަނޑުގަދަވުމުގެ ސަބަބުން ދަތުރުފަތުރު ނުކުރެވިގެން ކަމަށެވެ.