ހަބަރު

ރައީސްގެ އީދު ސަލާމް ކުރެއްވުން ރަސްރަނި ބަގީޗާގައި

Jun 11, 2018
1

ފިތުރު އީދު ދުވަހު ރައިސް އަބްދުﷲ ޔާމީންގެ ދެކަނބަލުންގެ އީދު ސަލާމް ކުރެއްވުން ރަސްރަނި ބަގީޗާގައި ބޭއްވުމަށް ރައީސް އޮފީހުން ހަމަޖައްސައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު ވިދާޅުވީ، ރައީސްގެ އީދު ސަލާމް ކުރެއްވުން އޮންނާނީ ފިތުރު އީދު ދުވަހުގެ ހެނދުނު 9:00 ން 10:00 އަށް ރަސްރަނި ބަގީޖާގަ ކަމަށެވެ.

"ހުރިހާ އުމުރު ފުރައެއްގެ ފަރާތްތަކާއި އާއިލާއާއެކު ވީހާވެސް ގިނަ ކުޑަ ކުދިން ބައިވެރިވެވަޑައިގެންނެވުމަށް ރައީސްގެ ދެކަނބަލުން ދައުވަތު އަރުވާ،" މުއާޒު ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ވެރިކަމުގެ ފުރަތަމަ އަހަރު ވެސް އީދު ސަލާމް ކުރެއްވުން ބޭއްވީ އޭރުގެ ސަލްޓަން ޕާކްގަ އެވެ.