ހަބަރު

އޮގަސްޓް 19 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް

Aug 1, 2018
1

މި މަހުގެ 19 ވަނަ ދުވަހަކީ ސަރުކާރުގެ ބަންދު ދުވަހެއްގެ ގޮތުގައި ރައީސް އަބްދުﷲ ޔާމީން ހަމަޖައްސަވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ މިއަދު ވިދާޅުވީ، ކަލަންޑަރުގައި މިހާރުވާ ގޮތަށް ހައްޖުމަހުގެ ފުރަތަމަ ދުވަހަކީ 12 އޮގަސްޓަށް ވެއްޖެ ނަމަ، 19 އޮގަސްޓްވާ އާދިއްތަ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަން ރައީސް ނިންމަވާފައިވާ ކަމަށެވެ.

އެގޮތަށް ނިންމެވީ އީދު ޗުއްޓީ ދިގުކޮށްލުމުގެ ގޮތުން އެވެ.