ކުޅިވަރު

ސަލާހު ވޯލްޑް ކަޕް ފަށަން ޖެހުނީ ބެންޗުން

ޗެމްޕިއނަްސް ލީގް ފައިނަލު މެޗުގައި ކޮނޑަށް ލިބުނު އަނިޔާއާ ގުލީގެން މިސްރުގެ ފޯވަޑް މުހައްމަދު ސަލާހް އަށް ވޯލްޑްކަޕުގައި ކުޅެވިދާނެ ސުވާލު އުފެދުނެވެ. އެ ސުވާލަށް ވޯލްޑްކަޕުގެ ކުރިން ޖަވާބެއް ލިބުނަސް، މިސްރު ކުޅެމުންދާ ފުރަތަމަ މެޗު ސަލާހް ފެށީ ބެންޗުންނެވެ.

މެޗުގެ ކުރިން މިސްރުގެ ކޯޗް ހެކެޓާ ކޫޕާ ވަނީ، ސަލާހް މެޗުން ފެނިދާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް އޭނާ އަބަދުވެސް ބުނާ ވާހަކަ އެއް އެބައޮތެވެ. މިސްރުގެ ޓީމުގެ ތަރިއަކަށް ހުރީ ހަމައެކަނި ސަލާހް އެއް ނޫނެވެ.

"އަހަރެމެން އަދިވެސް ބަލާނަން، އޭނާގެ ޓްރެއިނިންތައް ދަނީ ކިހިނެއްތޯ؟ އެކަމަކު އަހަރެން 100 ޕަސަންޓް ގެރެންޓީ ދިފާނަން އޭނާ މެޗުގައި ކުޅޭނެ ކަން،" އާޖެންޓީނާއަށް އުފަން ކޯޗް ބުންޏެވެ. "އަހަރެމެންވެސް މިތިބީ ވަރަށް ބޮޑަށް އިތުބާރާއެކު އޭނާ މެޗުން އޭނާ ފެންނާނެތީ."

ސްޓޯކް ސިޓީގެ ރަމަދާން ސޮބީހީގެ އާއި ވެސްޓް ބްރޯމްގެ ދެ ޑިފެންޑަރުން ކަމަށްވާ އަހްމަދު ހެގާޒީ އާއި އަލީ ޖަބަރު އަކީ މިސްރުގެ ޓީމުން ފާހަގަ ކުރެވޭ ކުޅުންތެރިންނެވެ.