ކުޅިވަރު

ސަލާހް ނުފެނުނު، އުރުގުއޭ މިސްރުގެ ހިތްދަތިކޮށްލައިފި

ވޯލްޑްކަޕުގައި އުރުގުއޭގެ މެޗުގެ އެންމެ ފަހު ވަގުތުގައި ކާމިޔާބު ކުރި ލަނޑު އުރުގުއޭ ފުޓްބޯޅައިގެ ތާރިޙްގައި އޮތް ދުވަސްވީ ރެކޯޑެއް މުގުރާލައިފި އެވެ.

އުރުގުއޭއަށް ވޯލްޑްކަޕުގައި އެޓީމުގެ ފުރަތަމަ މެޗުން މޮޅު ނުވެވޭތާ 48 އަހަރު ވެއްޖެ އެވެ. އެ ޓީމަށް ވޯލްޑްކަޕުގައި އެ ތީމު ކުޅުނު މެޗުން އެންމެ ފަހުން މޮޅު ވެފައި ވަނީ 1970 ގެ ވޯލްޑްކަޕުގަ އެވެ.

އުރުގުއޭގެ ލަނޑު މެޗުގެ 90 ވަނަ މިނެޓްގައި ސަންޗޭޒް ނެގި ކޯނަރު ބޮލުން ގޯލް ތެރެއަށް ފޮނުވާލައިގެން، ކާމިޔާބު ކުރީ ހިމެނޭޒް އެވެ.

މެޗުގައި ލަނޑު ޖަހާނެ އެންމެ ރަނަގަޅު ފުރުސަތުތައް ލިބުނީވެސް އުރުގުއޭ އަށެވެ. އެ ޓީމުގެ ފޯވަޑް ލުއިސް އުއަރޭޒްއަށް ވަނީ ދެތިން ފުރުސަތެއް ލިބިފަ އެވެ.

މެޗުގެ 23 ވަނަ މިނެޓްގައި، ލަނޑކަށް ބަދަލު ކޮށްލާނެ ރަނގަޅު ފުރުސަތެއް އުރުގުއޭގެ ފޯވަޑް ލުއިސް ސުއަރޭޒްއަށް ލިބިގެން ދިޔަ އެވެ. ކޯނަރަކުން ތަނަވަސްވި ބޯޅަ އޭނާ ފޮނުވާލުމުން ގޯލްގެ ދަނޑި ކައރިން ލާފައި ބޯލަ އަމާޒުވީ ގޯލްގެ ބޭރުން އަރިމަތީ ދާގަނޑަށެވެ.

ދެ ވަނަ ހާފު ފެށުނު ތަނުންވެސް، ސުއަރޭޒް އަށް ވަނީ ފުރުސަތެއް ތަނަވަސް ވެފަ އެވެ. އޭނާ ފޮނުވާލި ބޯޅަ އަށް ހުރަސް އެޅީ މިސްރުގެ ކީޕަރު މުހައްމަދު އަލް ޝެނާވީ އެވެ.

މެޗުގެ 72 ވަނަ މިނެޓްގައި، އެޑިންސަން ކަވާނީ ވަނީ ސުއަރޭޒްއަށް ހުސް ފުރުސަތެއް ތނަވަސް ކޮށްދީފަ އެވެ. ނަމަވެސް އުރުގުއޭގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް، މިފަހަރުވެސް ހުރަސް އެޅީ މިސްރުގެ ކީޕަރު މުހައްމަދު އަލް ޝަނާވީ އެވެ.

ދެ ވަނަ ހާފުގެ ކުރީކޮޅު އުރުގުއޭއިން މިސްރުގެ ޑިފެންސަށް ބާރު ބޮޑު ކުރި އެވެ. ނަމަވެސް މިސްރުގެ ޑިފެންސް ފެނުނީ ވަރަށް ސޮލިޑް ކޮށެވެ.

މެޗުގައި، އެންމެ ނުރައްކާ ފުރުސަތެއް ލިބުނީ، ކަވާނީ އަށެވެ. އޭނާ ފޮނުވާލި ބާރު ބޯޅަ ކީޕަރު ޝާނާވީ ވަނީ ހުށިޔާރު ކާމާއެކު ދިފާއު ކޮށްފަ އެވެ.

މެޗުގައި މުހައްމަދު ސަލާހް ދަނޑުން ފެންނާނެ ކަމަށް، މެޗުގެ ކުރިން މިސްރުގެ ކޯޗް ހެކްޓާ ކޫޕާ ބުނެފައިވީ ނަމަވެސް މެޗުން ސަލާހް އަށް ފުރުސަތު ދިނީ ބެންޗުންނެވެ.

މުހައްމަދު ސަލާހްއަށް މެޗުން ފުރުސަތު ދިފައި ނުވި ނަމަވެސް ދަނޑުގައި ތިބި މިސްރުގެ ސަޕޯޓަރުން ވަނީ ސަލާހްއަށް ތަރުހީބު ދީފަ އެވެ.

ކުރިއަށް ހުރި މެޗްތައް:

މޮރޮކޯ | އީރާން - 20:00
ޕޯޗްގަލް | ސްޕެއިން - 23:00

މެޗްގެ ޓައިމްލައިން.