މެޗުގެ އެންމެ ފަހު ވަގުތުގައި އަމިއްލަ ޓީމުގެ ކުޅުންތެރިން އަތުން ބައިކޮޅަށް ލަނޑު ވަދެ އިރާން އަތުން 1-0 ން މޮރޮކޯ ބަލި ވެއްޖެ އެވެ.
މެޗުގެ 95 ވަނަ މިނެޓްގައި އިރާނަށް ލިބުނު ކޯނަރެއް، އެޓީމުގެ ކަރީމް އަންސޯރީފަރުދު ނެގުމުން، މޮރޮކޯގެ އަޒީޒު ބޮހަދޫޒް ބޮލުން ދިފާއު ކުރަށް އުޅުމުން، އޭނާ ބޮލުން ފޮނުވާލި ބޯޅަ ގޮސް ވަނީ އަމިއްލަ ޓީމުގެ ގޯލްގެ ތެރެއަށެވެ.
މިއީ 20 އަހަރު ފަހުން، ވޯލްޑަކަޕުގެ މެޗަކުން އިރާން މޮޅުވި ފުރަތަމަ މެޗެވެ. އެ ޓީމު އެންމެ ފަހުން، ވޯލްޑްކަޕުގައި މޮޅު ވެފައިވާ މެޗަކީ 1998 ވަނަ އަހަރު ވޯލްޑްކަޕުގައި އެމެރިކާއާ ދެކޮޅަށް ކުޅުނު މެޗެވެ. އެމެޗު އިރާން ކާމިޔާބު ކުރީ 2-1
މޮރޮކޯ އިން މެޗު ފެށީ ތަފާތު ރޫހެއްގަ އެވެ. މެޗުގެ ކުރީ ކޮޅު އެ ޓީމުން އިރާންގެ ފަހަތަށް ބާރު ބޮޑު ކުރި އެވެ.
މެޗުގެ ނުވަ މިނެޓްގައި، މޮރޮކޯގެ އައްޔޫބު އަލް ކާބީ އަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. ޕެނަލްޓީ އޭރިއާގެ ތެރެއިން އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލް ދަނޑި ކައިރިން ބޭރަށެވެ.
ފުރަތަމަ ހާފުގައި، އިރާނުން ކުޅު ރަނގަޅުކޮށް، މޮރޮކޯގެ ހަމާލާތައް ހުއްޓި ވި އެވެ. އެއާއެކު އެ ޓީމުގެ މިޑްފީލްޑް ލައިންގެ ޝާމިލުވުން ބޯޅަ ކޮންޓްރޯ ކުރުމުގައި ބޮޑު ކުރި އެވެ. ނަތީޖާއަކަށްވީ އިރާންއަށް ފުރުސަތު ތަނަވަސް ކުރެވެން ފެށުމެވެ.
މޮރޮކޯގެ ޕެނަލްޓީ އޭރިއާއާ ތެރެއަށް، އިރާނަށް ބޯޅަ ގެންދެވުނީ، މެޗުގެ 20 މިނެޓް ކުޅެވުނު ފަހުންނެވެ.
ފުރަތަމަ ހާފުގައި އެންމެ ހުސް ފުރުސަތެއް ލިބުނީ އިރާން ޓީމުގެ އަޒުމޫން އަށެވެ. މެޗުގެ 43 ވަނަ މިނެޓްގައި ކައުންޓަ އެޓޭކުގައި އުފެއްދި ފުރުސަތުން ތަނަވަސްވި ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ އޭނާ ފޮނުވާލި ބޯޅައާ ގޯލައާ ދެމެދު ހުރަހަކަށްވީ މޮރޮކޯގެ ކީޕަރު މުނީރު އެވެ. އަޒުމޫން ފޮނުވާލި ބޯޅަ، މޫނީރު ފައިގައި ޖެހިފައި ރީބައުންސް ވެގެން ނިކުތް ބޯޅަ ދެ ވަނަ ފަހަރަށް ފޮނުވާލުމުންވެސް މުނީރު ވަނީ ދިފާއު ކޮށްފަ އެވެ.
މެޗުގެ 79 ވަނަ މިނެޓްގައި، މޮރޮކޯގެ ހާކިމް ޒިޔެޝް ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބޯޅަ އިރާންގެ ކީޕަރު އަލީ ރެޒާ ވަނީ ހުށިޔާރު ކަމާއެކު ބޯޅަ ދިފާއުކޮށް ކޯނަރަކަށް ބޭރު ކޮށްލާފަ އެވެ.
މި ގޫރޫޕްގައި ހިމެނޭ އަނެއް ދެ ޓީމު ކަމަށްވާ ޕޯޗްގަލް އާއި ސްޕެއިން ކުޅޭ މެޗު ރާއްޖޭގަޑިން 11:00 ގައި ފަށާަނެ އެވެ.