އީދު ފާހަގަ ކުރަން ދިރާގުން މި އަހަރު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި އެވެ.
ފިތުރު އީދުގެ މުނާސަބަތުގައި ދިރާގުން މާލެ އާއި އަތޮޅުތަކު ތެރޭގައި ކުޑަ ކުދިންނަށް އީދު ހަދިޔާ ބެހުމުގެ ހަރަކާތެއް ކުރިޔަށް ގެންގޮސްފި އެވެ. މިއީ އެ ކުންފުނިން ކޮންމެ އަހަރަކު އީދާއި ގުޅިގެން ކުރަމުން އަންނަ ކަމެކެވެ. އަތޮޅުތަކު ތެރެއިން އީދު ހަދިޔާ ބެހުމުގެ ހަރަކާތް ދިރާގުން ކުރިޔަށް ގެންދިޔައީ އެ ކުންފުނީގެރީޖަނަލް އޮޕަރޭޝަން ސެންޓަރުތައް ގާއިމްކޮށްފައިވާ ރަށްތަކުގަ އެވެ. އެގޮތުން އެ ސެންޓަރުތަކުގައި މަސައްކަތް ކުރާ ދިރާގުގެ މުއައްޒިފުން އީދު ނަމާދުގެ ފަހު، ކުޑަ ކުދިން ޖަމާވާ އެކި ސަރަހައްދުތަކަށް ގޮސް އީދު ހަދިޔާ ބެހި އެވެ.
ދިރާގުން ބުނީ އީދުގެ މުނާސަބަތަކުގައި ހަދިޔާ ބަދަލު ކުރުމަކީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮންނަ ސަގާފަތަކަށްވެފައި މިފަދަ ހަރަކާތެއް ބޭއްވުމަކީ ރައްޔިތުންގެ މެދުގައި ގުޅުންބަދަހިވެ އީދުގެ އުފަލުގައި އެންމެން ބައިވެރިވުމަށް ލިބިގެންދާ ފުރުސަތެއް ކަމަށެވެ. އެހެންކަމުން މިއަހަރު ވެސް ފިތުރު އީދުގެ މި އުފާވެރި މުނާސަބަތުގައި ކުޑަކުދިނަން ބޭނުންތެރި ހަދިޔާ ދިނުމަކީ ދިރާގުގެ ހުރިހާ މުވައްޒަފުންނަށް ވެސް ލިބިގެން ދިޔަ އުފަލެއް ކަމަށެވެ. ކުޑަކުދިން ރައްކާތެރިކުރުމަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ވަރަށް ބޮޑު އަހަންމިޔަތު ކަމެއްދޭ ކެމެކެވެ.
މީގެ އިތުރުން ދިރާގުން ވަނީ ކުޑަކުދިންނަށް ހާއްސަކޮށްގެން ލައިޓް ޝޯއެއްވެސް ކުރިއަށް ގެންގޮސްފަ އެވެ.
ސުނާމީ ބިނާގައި ރޭ ބޭއްވި ލައިޓިން ޝޯވްގައި ދިރާގު ބިލްޑިން ވަނީ އެކި ކުލަތަކުން ދިއްލައިލަ ދީފަ އެވެ.
ފައްސަތޭކަ އަށް ވުރެ ގިނަ ކުޑަ ކުދިން އައި މި އިވެންޓްގައި ވެސް ދިރާގުން ވަނީ އައި ކުދިންނަށް ހަދިޔާ ދީފަ އެވެ.
ޝޯ ގެ ތަރުހީބު އެންމެ ބޮޑަށް ލިބިގެން ދިޔަ އައިޓަމަކީ "ރޮބޯމޭން" އައިސް ދައްކާލި ހުނަރުވެރި ހަރަކާތަކުންނެވެ. ރޮބޯމޭން ކެރެކްޓަ އަށް ކުޑަކުދިންނާއި ބެލެނިވެރިންގެވެސް ވަރަށް ބޮޑް ތަރުހީބެއް ލިބި އަދި ރޮބޯމޭން އާ އެއްކޮށް ނަށާ ފޮޓޯ ނެގުމުގައި ވަރަށް ގިނަ ކުދިން ބައިވެރި ވި އެވެ.