އިންޑިއާ ސިފައިންނާއި ދިވެހި ސިފައިން ގުޅިގެން ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުގެ ކަނޑުގެ ހާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެމްއެންޑީއެފްގެ ކޯސްޓްގާޑާއި އިންޑިއަން ނޭވީ ގުޅިގެން ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުގައި ޖޮއިންޓް އޭރިއަލް ސާވިއެލެންސް ޕެޓްރޯލެއް މިއަދު ފަށާފައިވާ ކަމަށެވެ. އެ އޮޕަރޭޝަނާ ގުޅޭ އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
މިދިޔަ މަހު ވެސް ދެ ގައުމުގެ ސިފައިން މިފަދަ އޮޕަރޭޝަނެއް ކުރިއަށް ގެންދިޔަ އެވެ.