އައްޑޫ ސިޓީ، މީދޫ ކައިރީގައި އޮންނަ އިސްމެހެލާ ހެރަ ރިސޯޓުގެ 100 ކޮޓަރި ޑިސެމްބަރު މަހު ހުޅުވަން ތައްޔާރު ވަމުންދާ ކަމަށް އެ ރިސޯޓުން ބުނެފި އެވެ.
ދައުލަތުގެ މީޑިޔާ ޕީއެސްއެމް އަށް ދިން އިންޓަވިއުއެއްގައި އިސްމެހެލަ ހެރަ ރިސޯޓުގެ ސީއީއޯ މޫސާ ދީދީ ވިދާޅުވީ ރިސޯޓު މަސައްކަތުގެ 69 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ.
"ޕަވާ ހައުސްގެ ސިވިލް ވޯކް ވެސް ގާތްގަނޑަކަށް ނިމިފައި. މިހާރު ހުރިހާ މެޓީރިއަލް ތަކާއި އެއްޗެހި އަންނަ މަގުމަތީގަ އުޅެނީ. އަޅުގަނޑުމެން މިހާރު ދެން މިކަމަށް ކުރެވެން އޮތް އެންމެ ފަހުގެ ތައްޔާރިތައް ވަމުން މިދަނީ" މޫސާ ދީދީ ވިދާޅުވެފައިވެ އެވެ.
އިސްމެހެލާ ހެރައިގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް ފަށާފައިވަނީ 2015 ވަނަ އަހަރު އެވެ.
އެ ރިސޯޓުގެ ސީއީއޯ ދީދީ ވިދާޅުވެފައިވާ ގޮތުގައި މިހާރު އެރަށުގައި މަސައްކަތް ކުރިއަށް ދަނީ އެއްގަމު ކޮޓަރިތަކުގެ މަސައްކަތެވެ. އަދި މޫދު ކޮޓަރިތަކުގެ ބުޑުތައް ޖެހުމާއި ބަނދަރު އަދި އެރަވައިލް ޖެޓީ އާއި ބާ އަދި ރެސްޓޯރެންޓުގެ އިތުރުން ރިސެޕްޝަންގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
އިސްމެހެލާ ހެރެ މަޝްރޫއު ކުރުކޮށް
- މަޝްރޫއު ފެށީ 2016 ވަނަ އަހަރު
- އިސްމެހެލާގައި 240 ކޮޓަރި އަޅާނެ
- ފުރަތަމަ ހުޅުވަނީ 100 ކޮޓަރި
- ގާތްގަނޑަކަށް 700 ވަޒީފާ އުފެދޭނެ
އެ ރިސޯޓުގެ ސީއީއޯ ދީދީ ވިދާޅުވެފައިވާ ގޮތުގައި މިހާރު އެރަށުގައި މަސައްކަތް ކުރިއަށް ދަނީ އެއްގަމު ކޮޓަރިތަކުގެ މަސައްކަތަކާއި މޫދު ކޮޓަރިތަކުގެ ބުޑުތައް ޖެހުމާއި ބަނދަރު އަދި އެރަވައިލް ޖެޓީ އާއި ބާ އަދި ރެސްޓޯރެންޓުގެ އިތުރުން ރިސެޕްޝަންގެ މަސައްކަތް ކަމަށެވެ.
ދެ ފިޔަވައްސަކަށް ބަހާލައިގެން ތަރައްގީ ކުރަމުން ގެންދާ މި ރިސޯޓުގައި ޖުމްލަ 240 ކޮޓަރި ހުރެ އެވެ. އެއީ 110 ވޯޓާ ވިލާ އާއި 30 އޯޝަން ވިލާގެ އިތުރުން 70 ކޮޓަރި ހުންނާނެ އެވެ. މި ރިސޯޓާއެކު އިސްމެހެލާ ހެރައާއި ކައިރީގައި އޮންނަ ކެޑެވާހެރަ އާއި ކުޑަ ބްރިޖަކުން ގުޅުވާލާނެ އެވެ. އަދި އެރަށުގައި މޫދު ކޮޓަރިތަކެއް ވެސް ތަރައްގީ ކުރާނެ އެވެ. މި ރިސޯޓާއެކު 600- 700 ވަޒީފާ އުފެދޭނެ އެވެ.