ހައި ކޯޓަށް ދެ ފަނޑިޔާރުން ހޯދަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާންކޮށްފި އެވެ.
ހައިކޯޓުގެ ފަނޑިޔާރުކަމަށް ޝައުގުވެރިވާ ފަރާތްތަކުން، އަންނަ މަހުގެ ފަސް ވަނަ ދުވަހު އެކަމަށް އެދޭ އެޕްލިކޭޝަން ފޯމާއެކު ލިއުންތައް ކޮމިޝަނަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. ކުރިމަތި ލެވޭނީ އުމުރުން 25 އަހަރުން މަތި، ފަނޑިޔާރުކަން ނުވަތަ ގާނޫނީ ވަކީލުކަމުގައި މަދުވެގެން ފަސް އަހަރުގެ ތަޖުރިބާހުރި ފަރާތްތަކަށެވެ.
ހައިކޯޓްގެ ފަނޑިޔާރުންގެ މުސާރަ
އަސާސީ މުސާރަ: 36،000 ރުފިޔާ
ލިވިން އެލަވަންސް: 15،000 ރުފިޔާގެ
ރިސްކް އެލަވަންސް: 3،300 ރުފިޔާ
ދެ ފަނޑިޔާރަކު އެ ކޯޓަށް ހޯދާއިރު އެ ކޯޓްގައި ތިއްބެވި ދެ ފަނޑިޔާރަކު ސުޕްރީމް ކޯޓްގެ ފަނޑިޔާރު ކަމަށް ހަމަޖައްސަން ވަނީ ލަފާ އަރުވާފައެވެ. ކޯޓުތަކުގެ ގާނޫނު ބުނާ ގޮތުން ހައި ކޯޓު އެކުލެވިގެން ވަނީ އިސް ފަނޑިޔާރާއި އެކު ޖުމްލަ ނުވަ ފަނޑިޔާރުންގެ މައްޗަށެވެ. އެއީ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ.
ހައިކޯޓްގެ ބެންޗް އޮންނަނީ ނުވަ ފަނޑިޔާރުންގެ މައްޗަށެވެ.