ހަބަރު

ލަންކާ ބޯޓެއްގައި އޮތް ބަލި މީހަކު ކުޅުދުއްފުއްޓަށް ގެންގޮސްފި

Jun 28, 2018

ރާއްޖޭގެ އިގްތިސޯދީ ކަނޑުގެ ސަރަހައްދުން ބޭރުގައި މަސްވެރިކަން ކުރަމުންދިޔަ ސްރީލަންކާ މަސްބޯޓެއްގައި އޮތް ހާލު ދެރަ ބަލިމީހަކު އެމްއެންޑީއެފްގެ އެހީގައި ފަރުވާއަށް ހދ. ކުޅުދުފުއްޓަށް ގެންގޮސްދީފި އެވެ.

ސްރީލަންކާގެ ކޯސްޓްގާޑުން މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓާ (އެމްއާރުސީސީ) އާއި ހިއްސާކޮށްފަައިވަނީ މިމަހުގެ 25 ވަނަ ދުވަހު އެވެ.

ބަލިމީހާ ނެގުމަށްޓަކައި ހދ. މަކުނުދޫ ސީ އެމްބިއުލާންސްގައި ގޮސް ބަލިމީހާ ސީ އެމްބިއުލާންސްއަށް ނަގާފައި ވަނީ، ސަރުކާރުގެ ހުއްދަ ހޯދައި އެ ބޯޓް މަކުނުދޫއާ 15 މޭލަށް ކައިރި ކުރުމުންނެވެ.