މިއުޒިކް

ކުއްޖަކު ހުރިކަން ޑްރޭކް ހާމަކުރީ ދެއަހަރު ފަހުން

ކެނެޑާގެ މަޝްހޫރު ރެޕާ އަދި ލަވަކިޔުންތެރިޔާ ޑްރޭކްގެ ކުއްޖަކު ހުންނަކަން ދެ އަހަރުފަހުން އޭނާ ހާމަކޮށްފި އެވެ. އޭނާގެ ހުންނަނީ ފިރިހެން ކުއްޖެކެވެ.

ޑްރޭކް34، ގެ ކުއްޖެއް ހުންނަ ވާހަކަ ފުރަތަމަ ފެންމަތިވީ އެންމެ ފަހުން ނުކުތް އޭނާގެ އަލްބަމް "ސްކޯޕިއަން" ގެ ލަވައެއްގައި އޭނާގެ ކުއްޖެއް ހުންނަ ކަމަށް ބުނެ ރެޕްކޮށްފައިވާތީ އެވެ.

"އިމޯޝަންލެސް" ކިޔާ އެ ރެޕް ލަވާގައި ޑްރޭކް ބުނަނީ ދުނިޔެއަށް އެ ކުއްޖާ ފޮރުވަން މަސައްކަތް ނުކުރާ ކަމަށާއި ނަމަވެސް އެ ކުއްޖާއަށް ދުނިޔެ ފޮރުވުމަށް އޭނާ މަސައްކަތްކުރި ކަމަށެވެ.

ކުއްޖަކު ހުންނަކަން ކަށަވަރުކޮށްދީ ޑްރޭކް ބުނީ، އެ ކުއްޖާއަކީ ކުރީގެ އެޓަލް ސްޓާރަކާއެކު އޭނާ ހޯދި ކުއްޖެއް ކަމަށެވެ. މިކަމާއި ގުޅިގެން އޭނާއަށް ގިނަ ފާޑުކިޔުންތަކެއް ވެސް ވަނީ އަމާޒުވެފަ އެވެ.

ޑްރޭކް މި ހަބަރު ކަށަވަރުކޮށްދިނީ އެމެރިކާގެ މަޝްހޫރު ރެޕަރެއް ކަމަށްވާ، ޕުޝާ ޓީ އޭނާގެ ލަވައެއްގައި ޑްރޭކްގެ ކުއްޖެއް ހުންނަ ކަމަށާއި އަދި ކުއްޖާ ފޮރުވައިގެން ގެންގުޅޭ ކަމަށް ތުހުމަތު ވެސް ކޮށްފައި ވަނިކޮށެވެ.