ކުޅިވަރު

ސްޕެއިން ރޮއްވާލުމަށްފަހު ރަޝިއާ ކުއާޓާއަށް

ޕެނަލްޓީ ޖަހައިގެން 4-3 ން މުބާރާތް ބާއްވާ ގައުމު ރަޝިއާ އަތުން ބަލިވެ ސްޕެއިން ކަޓައިފި އެވެ. މޮޅާއެކު މުބާރާތުގެ ތާރީހްގައި ރަޝިއާ ވަނީ ފުރަތަމަ ފަހަރަށް ކްއާޓާ ފައިނަލަށް ދަތުރު ކޮށްފަ އެވެ.

ސްޕެއިން ވަނީ، މުޅި މެޗުގައިވެސް، އެ ޓީމުގެ ރަސްމީ ގޭމް ކުޅެފަ އެވެ. ފުރަތަމަ ހާފުގައި ރަޝިއާގެ ހަމަލާތައް ފެނުނީ ނުރައްކާ ކޮށެވެ. ނަމަވެސް ދެ ވަނަ ހާފުގައި މުޅިން ކަހަލަގޮތަކަށް ސްޕެއިންގެ ކުޅުންތެރިން ކުޅުނީ ރަޝިއާގެ ހާފުގެ ތެރޭގަ އެވެ. ނަމަވެސް ރަޝިއާގެ ދިފާއީ ކުޅުންތެރިން ޑިފެންސް ފޫއަޅުވާލާފައި ދާކަށް އެއްވެސް ފުރުސަތެއް ނުދެ އެވެ.

ސްޕެއިންގެ ފުރަތަމަ ލަނޑަކީ މެޗުގެ 12 ވަނަ މިނެޓްގައި، ރަޝިއާގެ ޑިފެންޑަރު ޝާޖީ އިގްނާޝްވިޗް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ރަޝިއާގެ އޭރިއާގެ އަރިމަތިން ސްޕެއިންއަށް ލިބުނު ހިލޭ ޖެހުމެއް އޭރިއާ ތެރެއަށް ނަގައިދިނުމުން، ސާޖީއޯ ރާމޯސް ބޮލުން ޖަހަން އުޅުމުން އިގްނާޝްވިޗް މަސައްކަތް ކުރީ ރާމޯސްއަށް ހުރަސް އެޅުމަށެވެ. ނަމަވެސް ރާމޯސް އެކު އިގްނާޝްވިޗް ވެއްޓި އޭނާގެ ފައިގައި ބޯޅައިން ޖެހިފައި ގޮސް ވަނީ އަމިއްލަ ގޯލް ތެރެއަށެވެ.

ރަޝިއާއިން ނަތީޖާ ހަމަހަމަ ކުރީ، މެޗުގެ 41 ވަނަ މިނެޓްގައި އެޓީމަށް ލިބުނު ޕެނަލްޓީއެއްގައި އާޓެން ޒޫބާ ކާމިޔާބު ކުރި ލަނޑުންނެވެ. އެ ޕެނަލްޓީއަކީ ރަޝިއާއިން ނެގި ހުރަހެއް ބޮލުން ދިފާއު ކުރަން އުޅުމުގެ ތެރޭގައި، ޑިފެންޑަރު ޖެރާޑް ޕީކޭ އަތުގައި ބޯޅައިން ޖެހުމުން ދިން ޕެނަލްޓީއެކެވެ.

ދެ ވަނަ ހާފުގައި، ސްޕެއިންގެ ކުޅުން އިތުރަށް ރަނގަޅު ވެގެން ދިޔައީ، ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ވައިސް ކެޕްޓަން އަންދުރޭ އިނިއެސްޓާ ކުޅެން ނިކުތުމުންނެވެ.

ފުރިހަމަ ވަގުތު ހަމަވިިއިރު ވެސް މެޗުގެ ނަތީޖާ ހަމަހަމަ ވެފައި އޮތުމުން ދިޔައީ އެކްސްޓްޓައިމް ކުޅޭށެވެ. އެކްސްޓްރާ ޓައިމްގެ ފުރަތަމަ ހާފުގައި، ސްޕެއިން ވަނީ އެޓީމުގެ ރަސްމީ ޕްލޭންގައި ވަނީ ކުޅެފަ އެވެ. އެކްސްޓްރާ ޓައިމްގެ ދެ ވަނަ ހާފުގައި ސްޕެއިންވެސް ވަނީ ކައުންޓަ އެޓޭކު ފުރުސަތުގައި، ރަޝިއާގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ.

ޕެނަލްޓީ ޝޫޓް އައުޓްގައި، ސްޕެއިންގެ ކުޅުންތެރިންގެ ތެރެއިން، ކޯކް އާއި އިއާގޯ އެސްޕަސް ޖެހި ޕެނަލްޓީން ޕެނަލްޓީ ރަޝިއާގެ ކީޕަރު އީގޯ އަކިންފީވް ވަނީ ދިފާއު ކޮށްފަ އެވެ.