ދުނިޔެ

11 އަހަރުުގެ ކުއްޖަކު ކައިވެނިކުރުމުން މެލޭޝިއާގައި ހަމަނުޖެހުން

މެލޭޝިއާގައި 11 އަހަރުގެ ކުޑަ އަންހެން ކުއްޖަކާއި ދޮށީ މީހަކު ކައިވެނިކުރި މައްސަލައެއް ބޮޑުވެއްޖެ އެވެ. މި އަންހެން ކުއްޖާއަކީ ތައިލެންޑުގެ ކުއްޖެކެވެ. މި ކުއްޖާ އާއި ކައިވެނިކުރީ މެލޭޝިއާގެ 41 އަހަރުގެ ފިރިހެނެކެވެ. އެ މީހާ އެކުއްޖާއާއި ކައިވެނިކޮށްފައި ވަނީ މިދިޔަ މަހު އެވެ.

މެލޭޝިއާގައި 16 އަހަރުން ދަށުގެ ކުދިންނާއި ކައިވެނި ކުރެވޭނީ އާއިލާގެ ރުހުމާއި ރިލިޖަސް ކޯޓުގެ ހާއްސަ ހުއްދައާއެކު އެވެ. މެލޭޝިއާގެ ވުމަން އެންޑް ފެމިލީސް މިނިސްޓްރީން ބުނީ އެމީހާ މި ކުޑަކުއްޖާއާއި ކައިވެނި ކުރީ ކޯޓުގެ ހުއްދަނެތި ކަމަށެވެ.

"އަހަރެމެންގެ އޮފިސަރުން މި އަންހެން ކުއްޖާގެ މަންމަ އާއި ބައްދަލު ކުރުމަށް ވަނީ ގޮސްފައި. މިކަމާއި ގުޅޭ އިތުރު ތަހުގީގުތައް މި އަންނަނީ ކުރަމުން." އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަޒީޒާ ވާން އިސްމާއިލް ސަންޑޭ ސްޓާ ނޫހަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.

ކޯޓުގެ ހުއްދަ ނުހޯދާ ކުޑަކުއްޖަކާއި ކައިވެނި ކުރިނަމަ މި ފިިރިހެން މީހާގެ މައްޗަށް ހަ މަހުގެ ޖަލު ހުމެއް އަންނާނެ އެވެ.

މެލެޝީއާގައި ގިނަ އެކްޓިވިސްޓުންތަކެއް އަންނަނީ މިކަމާއި މެދު ނުރުހުންފާޅުކޮށް އަޑު އުފުލަމުންނެވެ. އަދި ކުޑަކުދިންނާއި ކައިވެނި ކުރެވޭ ގޮތަށް އޮންނަ ގަވާއިދަށް އިސްލާހު ގެނައުމަށް ވެސް އެމީހުން ދަނީ ގޮވާލަމުންނެވެ. މިހާރުވެސް މެލޭޝިއާގައި 15 އަހަރު ދަށުގެ 16،000 ކުދިން ކައިވެނިކޮށްގެން އެބަ ތިއްބެވެ.