ހަބަރު

ޔޫކޭގެ ރަށްވެހިކަން އުގެއިލް ދޫކޮށްލައްވަނީ

ޕްރެފެސާ ހަސަން އުގެއިލް އިނގިރޭސިވިލާތުގެ ރަށްވެރިކަން ދޫކޮށްލައްވަން މިއަދު ނިންމަވައިފި އެވެ.

އުގެއިލް މިއަދު ފޭސްބުކްގައި ކުރެއްވި ފޯސްޓެއްގައި ވިދާޅުވީ، އިނގިރޭސިވިލާތުގެ ރަށްވެހިކަން ދޫކޮށްލުވުމަށް ވަރަށް އަވަހަށް ހުށަހަޅުއްވާނެ ކަމަށެވެ. އެއީ މީގެ 15 އަހަރު ކުރިން އުގެއިލް ހޯއްދެވި ރަށްވެހިކަމެކެވެ.

"އަހަރެން ހުންނާނީ ހަމައެކަނި ދިވެއްސެއްގެ ގޮތުގައި،" އުގެއިލް ވިދާޅުވި އެވެ.

އުގެއިލް އިނގިރޭސިވިލާތުގެ ރަށްވެހިކަން ދޫކޮށްލައްވަން ނިންމެވީ އޭނާއަށް އަމާޒުކޮށް ސަރުކާރުން ރިޔާސީ އިންތިހާބުގެ ގާނޫނަށް އިސްލާހެއް ހުށަހަޅާފައިވަނިކޮށެވެ. އުގެއިލް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް މީގެކުރިން އަޑުތައް ފެތުރުނެވެ.

ސަރުކާރުގެ ފަރާތުން ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން ރާއްޖެ ނޫން އެހެން ގައުމެއްގެ ރަށްވެހިކަން އޮތް މީހަކު ނަމަ އެމީހަކަށް ރިޔާސީ އިންތިހާބަށް ކުރިމަތިލެވޭނީ އެ ގައުމެއްގެ ރަށްވެހިކަން ދޫކޮށްލާތާ 10 އަހަރު ފަހުންނެވެ. އެ އިސްލާހު މިއަދު ފާސްކުރާނެ ކަމަށް ބުލެެވެ އެވެ.