ވިޔަފާރި

މޯލްޑިވްސް ޓްރެވަލް އެވޯޑްސް ގެސްޓްހައުސް އެޑިޝަން އަންނަ މަހު ހުޅުމާލޭގައި

Jul 6, 2018
ޓްރެވަލް އެވޯޑުގެ ގާލާ އިވެންޓުގެ ނޮމިނޭޝަން އިއުލާނު ކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: މަޓާޓޯ
0%
0%
0%

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ގެސްޓްހައުސްތަކަށް ބާއްވާ، އެވޯޑު ދިނުމުގެ ހަފުލާ އަންނަ މަހު ހުޅުމާލޭގައި ބާއްވަން ނިންމައިފި އެވެ.

ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ މޯލްޑިވްސް ޓްރެވަލް އެވޯޑު، ގެސްޓްހައުސް އެޑިޝަންގެ 15 ކެޓަގަރީ އަކަށް 111 ފަރާތެއް ނޮމިނޭޓްވެފައިވެ އެވެ. މި ފަރާތްތަކަށް ވޯޓު ދިނުމުގެ ފުރުސަތު އެސްއެމްއެސް އާއި އޮންލައިންކޮށް ވެސް ވަނީ ހުޅުވާލާފަ އެވެ. އޮންލައިންކޮށް، މޯލްޑިވްސް ޓްރެވަލް އެވޯޑުގެ ސައިޓުން ވޯޓު ދެވޭނެ އެވެ.

ގެސްޓްހައުސް ވިޔަފާރިއަށް ހާއްސަކޮށް މަޓާޓޯއިން މި އެވޯޑު ތައާރަފު ކުރީ މިދިޔަ އަހަރު އެވެ. މި އެވޯޑަށް މާކްސް ދިނުމުގައި މަޝްހޫރު ބުކިން ސައިޓް ޓްރިޕްއެޑްވައިޒާއިން ދޭ ރޭޓިންއަށް 40 ޕަސެންޓު ލިބޭނެ އެވެ. އަދި ބާކީ ހުރި 60 ޕަސެންޓް ދޭނީ އާއްމުންގެ ވޯޓުންނެވެ.

މަޓާޓޯ ޓްރެވަލް އެވޯޑުގެ އެންމެ ޝަރަފުވެރި އެވޯޑު މި އަހަރު ލިބިފައިވަނީ ކ. މާފުށީގެ އެރީނާ ބީޗު ހޮޓެލް އަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345