ވިޔަފާރި

މޯލްޑިވްސް ޓްރެވަލް އެވޯޑް: ބިޒްނަސް ގެސްޓްހައުސްއަކަށް ޔޫއައިއިން

Sep 1, 2018
މަޓާޓޯއިން ކުރިން ބޭއްވި އެވޯޑު ދިނުމުގެ ހަފުލާއެއްގައި މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް. --
50%
50%
0%

މޯލްޑިވްސް ޓްރެވަލް އެވޯޑުގެ ލީޑިން ބިޒްނަސް ގެސްޓްހައުސްގެ އެވޯޑު، ހުޅުމާލެ ޔޫއައި އިން އަށް އަދި ލީޑިން ގެސްޓްހައުސް ބްރޭންޑަކަށް ކާނި ބީޗް ހޮޓެލްސް ހޮވިއްޖެ އެވެ.

އަލަށް އާބާދު ވާން ތައްޔާރުކުރާ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ރާއްޖޭގެ ޓްރެވަލް އެޖެންޓުގެ ޖަމިއްޔާ މަޓާޓޯ އިން މިރޭ ބޭއްވި މި އަހަރުގެ މޯލްޑިވްސް ޓްރެވަލް އެވޯޑުގެ ލީޑިން އެޑްވެންޗާ ގެސްޓްހައުސް އަކަށް ހޮވުނީ އއ. ރަސްދޫ، ޝެލޯ ލެގޫން އެވެ. އަދި ލީޑިން ހެރިޓޭޖް ގެސްޓްހައުސް އަކަށް ހަންޏާމީދޫ ޑީޓުއާ ބީޗް ވިއު ހޮވުނުއިރު، ރާއްޖޭގެ އެންމެ ތިމާވެއްޓާ ރަހުމަތްތެރި ގެސްޓްހައުސްއަކަށް ހޮވުނީ ނޮޅިވަރަންފަރުގައި ހިންގާ ނޮޅި އެސްކޭޕް ގެސްޓްހައުސް އަށެވެ.

މީގެ އިތުރުން އެވޯޑު ލިބުނު އެހެން ގެސްޓްހައުސްތަކުގެ ތެރޭގައި ވ. ފުލިދޫ ޑައިވް އެންޑް ވޯޓާސްޕޯޓްސްއަށް ލީޑިން ވޯޓާސްޕޯޓްސް ގެސްޓްހައުސްގެ އެވޯޑު ލިބިފައިވެ އެވެ. އަދި ވެލާނާ ބީޗްއަށް ވަނީ އެފްއެންބީ ގެސްޓްހައުސްގެ އެވޯޑު ދީފަ އެވެ. އަދި އަލަށް ހުޅުވާ ގެސްޓްހައުސްގެ އެވޯޑު ލިބިފައިވަނީ އއ. ފެރިދޫ، ވިލާ ރޯސް މޯލްޑިވްސް އަށެވެ. ސަޕޯޓިވް ގެސްޓްހައުސްގެ އެވޯޑު ކްރިސްޓަލް ސޭންޑްސް އަށް ލިބިފައިވެ އެވެ. އަދި ލ. ގަމުގައި ހިންގާ ރިވަރީޒް އަށް ލީޑިން ގެސްޓްހައުސްގެ އެވޯޑު ވަނީ ލިބިފަ އެވެ.

ލީޑިން ޓްރާންސްޕޯޓް ހިދުމަތްދޭ ފަރާތުގެ އެވޯޑު ލިބިފައިވަނީ ނެވި ޓްރާންސްފާ އަށެވެ. އަދި އެލައިޑް އިންޝުއަރެންސަށްވެސް ހާއްސަ އެވޯޑެއް ދީފައިވެ އެވެ.

ގެސްޓްހައުސް އެޑިޝަންގައި އއ. އުކުޅަހަށް ދެ ވޯޑެއް ލިބިފައިވެ އެވެ. އެއީ ލީޑިން ބީޗް އައިލެންޑުގެ އެވޯޑާއި ލީޑިން ގެސްޓްހައުސް އައިލެންޑުގެ އެވޯޑެވެ.

އެވޯޑު ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް ވިދާޅުވީ އެ ޖަމިއްޔާ އިން މި އަހަރު އަށް ފެއާއެއްގައި ބައިވެރިވެފައިވާ ކަމަށެވެ. އަދި އަންނަ އަހަރުވެސް ރާއްޖެ ޕްރޮމޯޓް ކުރަން ގިނަ މަސައްކަތްތަކެއް ކުރައްވާނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345