ވިޔަފާރި

ޓްރެވަލް އެވޯޑުގެ ގެސްޓްހައުސް އެޑިޝަން ހުކުރު ދުވަހުގެ ރޭ، ހުޅުމާލޭގައި

Aug 27, 2018
ޓްރެވަލް އެވާޑްސްގެ މިދިޔަ އަހަރުގެ ގެސްޓްހައުސް އެޑިޝަންގެ ތެރެއިން- އަވަސް ފޮޓޯ
100%
0%
0%

މޯލްޑިވްސް ޓްރެވަލް އެވޯޑުގެ ގެސްޓްހައުސް އެޑިޝަން ހުކުރު ދުވަހުގެ ރޭ، ހުޅުމާލޭގައި ބޭއްވުމުގެ ފަހުގެ ތައްޔާރީތައް ފަށައިފި އެވެ.

ރާއްޖޭގެ ޓޫރިޒަމްގައި ދޭ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ މޯލްޑިވްސް ޓްރެވަލް އެވޯޑުގެ ގެސްޓްހައުސް އެޑިޝަން މި ފަހަރު އޮތީ ހުޅުމާލެ ދެވަނަ ފިޔަވަހީގަ އެވެ. މި ރަސްމިއްޔާތު ފެށޭނީ ހުކުރު ދުވަހުގެ ރޭ 20:00 ގަ އެވެ.

ޓްރެވަލް އެވޯޑުގައި ގެސްޓްހައުސް ވިޔަފާރި އަށް ހާއްސަ ބައެއް ހަމަޖެއްސީ މިދިޔަ އަހަރު އެވެ. މި އަހަރުގެ މި އެވޯޑުގައި 15 ކެޓަގަރީއަކުން 111 ފަރާތެއް ވަނީ ނޮމިނޭޓް ވެފަ އެވެ. މި ފަރާތްތައް ހޮވާފައިވަނީ އެސްއެމްއެސް އާއި އޮންލައިން މެދުވެރިކޮށް ނެގި ވޯޓަކުންނެވެ. މި އެވޯޑަށް މާކްސް ދިނުމުގައި ޓްރިޕްއެޑްވައިޒާ އިން ދޭ ރޭޓިން އަށް 40 ޕަސެންޓު ލިބިގެންނެވެ. އަދި ބާކީ ހުރި 60 ޕަސެންޓް ދޭނީ އާއްމުންގެ ވޯޓުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345