ވިޔަފާރި

މާލެ ސަރަހައްދުން 15 ގެސްޓްހައުސް ހުޅުވައިފި

Dec 14, 2020

ގްރޭޓާ މާލެ ރީޖަންގެ ގެސްޓްހައުސް ހުޅުވަން ހުއްދަ ދިނުމާއެކު 15 ގެސްޓްހައުސް ހުޅުވައިފި އެވެ.

ނުވަ މަހަށް ފަހު މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ދީފައިވަނީ މިދިޔަ ހަފުތާގަ އެވެ. ކޮވިޑް-19 އިގެ ކުރިން މާލެ ސަރަހައްދުގައި 82 ގެސްޓް ހައުސްގައި 2،342 އެނދު ހިންގަމުން ދިޔަ އެވެ.

މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވިއިރު، ރާއްޖޭގެ އެހެން ހިސާބުތަކުގައި ހުރި ގެސްޓްހައުސްތައް އޮކްޓޫބަރު 15 އިން ފެށިގެން ވަނީ ހުޅުވާފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިހާރު ރާއްޖޭގެ 27 ރަަށެއްގެ 152 ގެސްޓްހައުސްއެއްގެ 3،016 އެނދު ވަނީ އޮޕަރޭޝަނަށް ގެނެސްފަ އެވެ.