މޯލްޑިވްސް ޓްރެވަލް އެވޯޑުގައި ދޭ، ރާއްޖޭގެ އެންމެ ރޮމޭންޓިކް ރިސޯޓުގެ އެވޯޑު ހުވަފެންފުށި ރިސޯޓަށް ލިބިއްޖެ އެވެ.
ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމިއްޔާ، މަޓާޓޯއިން ދޭ "މޯލްޑިވްސް ޓްރެވަލް" އެވޯޑުގެ މޯސްޓް ރޮމޭންޓިކް ރިސޯޓުގެ އެވޯޑު ހުފެންފުށި ރިސޯޓަށް ލިބުނީ ޕެރަޑައިސް އައިލެންޑް ރިސޯޓުގައު ރޭ ބޭއްވި ގާލާ ނައިޓްގަ އެވެ.
މި އެވޯޑުގެ އިތުރުން މޯލްޑިވްސް ޓްރެވަލް އެވޯޑު ލިބުނު އެހެން ފަރާތްތަކުގެ ތެރޭގައި:
- ލީޑިން ލަގްޒަރީ ރިސޯޓު: ޝެވަލް ބްލޮންކް ރަންދެލި
- ލީޑިން ޕްރައިވެޓް އައިލެންޑް: ނަލަދޫ ޕްރައިވެޓް އައިލެންޑް
- ލީޑިން ބީޗު ރިސޯޓު: ކޮކޫން މޯލްޑިވްސް
- އެފްއެންޑްބީ ރިސޯޓު: ވަން އެންޑް އޮންލީ
- އެފްއެންބީ އައުޓްލެޑް: ލެ 1947 - ޝެވަލް ބްލޮންކް ރަންދެލި
- ޑިޒައިނާ ރިސޯޓު: ކަނޑިންމަ މޯލްޑިވްސް
- ލީޑިން ފެމެލީ ރިސޯޓް: އަމިއްލަ ފުށި
- އަލަށް ހުޅުވާ، ނިއު ކަމާ ރިސޯޓް: ސިއްރު ފެންފުށި
- ސަޕޯޓިވް ރިސޯޓް: ޕެރަޑައިސް އައިލެންޑް
- ލީޑިން އިންޓަނޭޝަނަލް ހޮޓެލް/ ރިސޯޓް: އަނަންތަރާ ހޮޓެލްސް
- އޯލް އިންކްލޫސިވް ރިސޯޓް: ހުރަވަޅި މޯލްޑިވްސް
- ލީޑިން ލޯކަލް ހޮޓެލްސް: ސަން އަކުވާ
- ލީޑިން ލިވްއަ ބޯޑް ބްރޭންޑް: ވޮޔޭޖަސް މޯލްޑިވްސް
- ލީޑިން ލިވްއަ ބޯޑް: ހޮރައިޒަން 3
- ލީޑިން ސާފް ރިސޯޓް: އަނަންތާރާ ދިގު
- އިންޓަނޭޝަނަލް ކެއިއަ: ސްރީލަންކަން
- އިކޯކެއާ ރިސޯޓް: ސިކް އެންސަސް ލާމު
- ލީޑިން ޑައިވް ރިސޯޓް: ބަނޑޮސް
- ލީޑިން އެއާޕޯޓް ހޮޓެލް: އީކުއޭޓާ ވިލެޖު
- ލީޑިން ވެލް އެންޑް ސްޕާ ކޮމްޕެނީ: ސަން ސިޔާމް އިރުފުށި
- ލީޑިން ވެލަނަސް އެންޑް ސްޕާ ބްރޭންޑް: ދުނިޔެ ސްޕާ
- ލީޑިން ޑައިވް/ ވޯޓާ ސްޕޯސްޓް ސެންޓަރު: ސަން ސިޔާމް ޑައިވިން
- ލީޑިން މީޓިން ރިސޯޓް: ޕެރަޑައިސް އައިލެންޑް
- ހިއުމަން ރިސޯޓް މެނޭޖުމަންޓް ރިސޯޓް: ވަން އެންޑް އޮންލީ ރީތި ރަށް
- ލީޑިން ސީއެސް އާރު: ކްރައުން އެންޑް ޗަމްޕާ
ރާއްޖޭގެ ޓްރެވަލް އެޖެންޓުގެ ޖަމިއްޔާ މަޓާޓޯ އިން އެންމެ ފުރަތަމަ މި އެވޯޑު ދީފައިވަނީ 2012 ވަނަ އަހަރު އެވެ. އަދި އެ އަހަރުން ފެށިގެން މި އެވޯޑު ދެމުން އަންނަތާ ހަތް އަހަރު ވެއްޖެ އެވެ. ކުރިން މަޓާޓޯ ޓްރެވަލް އެވޯޑުގެ ގޮތުގައި ދިން މި އެވޯޑު "މޯލްޑިވްސް ޓްރެވަލް އެވޯޑަށް" ބްރޭންޑް ކުރުމާއެކު މި އެވޯޑު ވެގެންދަނީ ޓްރެވަލް އެންޑް ޓޫރިޒަމް ސިނާއަތުގައި ދޭ އެންމެ ޝަރަފުވެރި އެއް އެވޯޑަށެވެ. މި އެވޯޑުގައި މި ދާއިރާއަށް ގިނަ ދުވަހު ހިދުމަތް ކޮށްފައިވާ ހިދުމަތްތެރިންގެ އަގު ވަޒަން ކުރަން "ޕީޕަލްސް އެޑިޝަން" ގެ ނަމުގައިވެސް ބައެއް ހިމަނާފައިވެ އެވެ. މީގެ އިތުރުން މިދިޔަ އަހަރުން ފެށިގެން ގެސްޓްހައުސްތަކަށްވެސް އެވޯޑެއް ދަނީ ދެމުންނެވެ.