ހަބަރު

ސައުދީ އިންޓީރިއާ މިނިސްޓަރަށް މަރުހަބާ ދަންނަވައިފި

Jul 9, 2018
1

ސައުދީ އަރަބިއްޔާގެ މިނިސްޓާ އޮފް އިންޓީރިއާ، އަބްދުލްއަޒީޒް ބިން ސައުދު ބިން ނާއިފަށް ރާއްޖެއިން މަރުހަބާ ދަންނަވައިފި އެވެ. އެ ރަސްމިއްޔާތު އޮތީ، ‏މިއަދު މެންދުރުފަހު ޖުމްހޫރީ މައިދާނުގަ އެވެ.

ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް އިންޓީރިއާ، ޢަބްދުލްޢަޒީޒް ބިން ސަޢުދު ބިން ނާއިފް މާލެއަށް ވަޑައިގަތުމާއެކު، ރަސްމީ ފާލަމުން މަރުޙަބާ ވިދާޅުވީ، މިނިސްޓަރ އޮފް ހޯމް އެފެއާޒް އަޒްލީން އަޙްމަދާއި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފެވެ. މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތުގައި، ސައުދީ އަރަބިއްޔާގެ މިނިސްޓާ އޮފް އިންޓީރިއާގެ ޝަރަފުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އޮނަ ގާޑެއް އެރުވިއެވެ.

އެ ރަސްމިއްޔާތަށްފަހު، ސައުދީ އިންޓީރިއާ މިނިސްޓަރު ވަޑައިގެންނެވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. އަދި އެއަށްފަހު މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރެއްވިއެވެ.