ވިޔަފާރި

އެލިއާގެ އާ ފިހާރައެއް ހުޅުވައިފި

Jul 10, 2018
އެލިއާގެ އާ ފިހާރަ ހުޅުވައިދޭ ބޯޑު މެނޭޖިން ޑިރެކްޓަރު އަލާއު އަލީ ހަރުކޮށް ދެއްވަނީ- ފޮޓޯ: އެލިއާ
0%
0%
0%

އެލިއާ އިންވެސްޓްމަންޓުން ހާޑްވެއާ ސާމާނު ވިއްކަން ހާއްސަ ފިހާރައެއް މަޖީދީމަގުގައި ހުޅުވައިފި އެވެ.

ހާޑްވެއާގެ ސާމާނު ވިއްކަން ހާއްސަ، މި ފިހާރަ ހުޅުވާފައިވަނީ އިއްޔެ އެވެ. ފިހާރަ ހުޅުއްވައި ދެއްވީ އެލިއާ އިންވެސްޓްމަންޓުގެ މެނޭޖިން ޑިރެކްޓަރު އަލާއު އަލީ އެވެ.

އެލިއާ އިން އަލަށް ހުޅުވި މި ފިހާރާގައި ޕީވީސީ ހޮޅި އާއި ދަގަނޑުގެ އެކި ބާވަތްތައް ލިބެން ހުރެ އެވެ.

އެލިއާގެ ވިޔަފާރިއަށް 54 އަހަރު ފުރިގެން މިދާ އަހަރުގައި، އެލިއާއިން ދަނީ ތަފާތު ހަރަކާތްތަށް ހިންގަމުންނެވެ. މިގޮތުން މިއީވެސް ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ގާތުން ހިދުމަތް ފޯރު ކޮށްދިނުމުގެ މަގްސަދުގައި ގިރާ ކުރެވުނު ހަރުފަތެކެވެ.

މި ފިހާރަ އިން ދުނިޔޭގެ ނަން މަޝްހޫރު ކޯލާ ބްރޭންޑްގެ ސެނިޓަރީ ސާމާނާއި އާލަތް ލިބެން ހުންނާނެ އެވެ. އަދި ދުނިޔޭގެ އެންމެ މަގުބޫލު އައުޓްބޯޑު ބުރޭންޑު، ޔަމަހާގެ ސްޕެއާ ޕާރޓްސް ވެސް މި ހުޅުވިގެންދާ އެލިއާ ސްޓޯގެ އައު ފިހާރައިން ލިބެންހުންނާ އެވެ.

މި ފިހާރަ ހުޅުވިފައި ހުންނާނީ ހުކުރު ދުވަސް ނޫން ކޮންމެ ދުވަހަކު ހެނދުނު 8:00 އިން 12:00 މެންދުރު 1:30 އިން 6:00 އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345