ޔަމަހާ ސައިކަލް ވިއްކާ އެލިއާ އިންވެސްޓްމަންޓުން އިންޝުއަރެންސާއެކު ސައިކަލް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
އެލިއާ އިންވެސްޓްމަންޓުގެ ޝޯ ރޫމްގައި ކުރިއަށް ގެންދާ "ޔަމަހާ މޮޓޯ ގާޑިއަން" ޕްރޮމޯޝަން ފެށުމުގެ ގޮތުން ހާއްސަ ހަރާތެއް އިއްޔެ އާއި މިއަދު އެ ޝޯރޫމް ސަރަހައްދުގައި ކުރިޔަށް ގެންދާނެ އެވެ. ޕްރޮމޯޝަންގައި ސައިކަލް ގަންނަ ފަރާތްތަކަށް ހިލޭ ފުލް ކޮމްޕްރިހެންސިވް އިންޝުއަރެންސް ޕެކޭޖެއް ލިބޭނެ އެވެ.
އަމާނާ ތަކާފުލް އާއި ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި އަމާނާ ތަކަފުލްގެ ކޮމްޕްރިހެންސިވް އިންޝުއަރެންސް ދަށުން ކަސްޓަމަރުންނަށް ޔަގީން ކޮށްދެނީ، ކަސްޓަމަރުންގެ ސައިކަލު ގެއްލުމުން އަދި އެކްސިޑެންޓްތަކުގައި އާއި މިނޫން ވެސް އިތުރު ހާދިސާތަކުގައި ކަސްޓަމަރުން އެހީތެރިކަން ލިބިގެންދާނެ ކަމެވެ.
ޕްރޮމޯޝަން މިއަދު ހަވީރު 4:00 އަކުން ރޭގަނޑު 10:00 ކުރި އަށް ދާއިރު ހަރަކާތްތަކުގެ ތެރެއިން ސައިކަލު ގަންނަ ކޮންމެ ފަރާތްތަކަށް ހާއްސަ އޮފާ ތަކެއް ލިބޭނެ އެވެ.
އެލިއާ އިން ނަގާ ސައިކަލަށް ދައްކާ ފުރަތަމަ ޕޭމަންޓާއެކު ކަސްޓަމަރުގެ އަމިއްލަ ނަމަށް ރަޖިސްޓްރީ ކުރުމަށް ފަހު ސައިކަލު ހަވާލު ކޮށްދޭނެ އެވެ. އެހެންވެ ފުރަތަމަ ސައިކަލް ލިބޭއިރު ވެސް ހުންނާނީ "ޕީ ބޯޑު" ގަ އެވެ. މީގެ އިތުރުން އެއްކޮށް ފައިސާ ދައްކައިގެން ސައިކަލު ގަންނަ ފަރާތަކަށް 4،000 ރުފިޔާ އާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ.
އެލިއާ އިންވެސްޓްމަންޓް އިން އިންސްޓޯލްމަންޓްގެ ދަށުން ކުރާ ވިޔަފާރިއަކީ އިސްލާމީ ޝަރީއާ ހުއްދަކުރާ އުސޫލުން ކުރެވޭ ވިޔަފާރި އެކެވެ. އަދި ރިބާގެއެއް ވެސް މުޢާމަލާތެއް އެކުލެވިގެންނުވާ މުއާމަލާތެއް ކަމުގެ ޔަގީންކަން އެ ކުންފުނިން ދެ އެވެ.
މި ޕްރޮމޯޝަން ކުރިޔަށް ދާނީ 24 ޖެނުއަރީ 2020 އިން 20 ފެބްރުއަރީ 2020 ގެ ނިޔަލަށެވެ.